ސަމާލުވާތި! ކުޑަކުޑަ އޮޅުމަކުންވެސް ވޯޓު ބާތިލް ވެދާނެ

DSCN5452-800x494-800x494.jpg

އޭދަފުށީގެ ބަޔަކު މީގެ ކުރިން އޮތް އިންތިހާބެއްގައި ވޯޓުލާން ގޮސް މަޑު ކޮށްލައިގެން --އީވީ ފައިލް ފޮޓޯ

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ޔަގީން ކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު އޮންނައިރު މި ފަހަރުގެ އިންތިޚާބަކީ އިލެކްޝަންސް ކޮމިޝަންގެ ތާރީހުގައި އަދި ރާއްޖޭގެ ތާރީހުގައިވެސް ބޭއްވޭ އެންމެ ތަފާތުބޮޑު އިންތިހާބު ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

ތަފާތުބޮޑު އިންތިހާބެއްކަން ފާހަގަކުރައްވައި އީސީ އިންވަނީ މިފަހަރުގެ އިންތިހާބުގައި ބާތިލް ވޯޓު ގިނަވެގެން ހިނގައިދާނެކަމުގެ ކަމުގެ ކަންބޮޑުވުންވެސް ފާޅުކުރައްވާފައެވެ. އެހެންވެ އެކަމަށް ސަމާލުވުމަށް އެކޮމިޝަނުން އަންގަވައެވެ.

ބުދަދުވަހުގެ ރޭ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިއުލާންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަނުގެ ނާއިބް ރައީސް އަހުމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް މެންބަރުންް އިންތިހާބު ކުރާ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ބާތިލު ވޯޓު ގިނަވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. ކޮންމެ ކަރުދާހެއްގައި ވެސް އެކި މަގާމުތަކަށް މީހުން ހޮވަން ވޯޓު ދޭން ޖެހޭއިރު، އެއިން އެންމެ ބައެއްގައި ނުބައިކޮށް ވޯޓު ދެވުނަސް މުޅި ވޯޓު ކަރުދާސް އެއްކޮށް ބާތިލް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމާ ވޯޓުލާން ވަޑައިގަތުމުގެ ކުރިން ކޮންމެ ރައްޔިތަކު ވެސް ވޯޓު ބާތިލްވާނެ ގޮތް ރަނގަޅަށް ދަސްކުރައްވައިގެން ވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ނޫނީ ތިމާ އެންމެ ބޭނުންވެގެން ވޯޓުދޭ މީހާއަށް ދޭ ވޯޓު ވެސް ބާތިލްވެދާނެ،” އަކުރަމް ވިދާޅުވިއެވެ.

ހުކުރު ދުވަހު އޮންނަ ޕީޕީއެމް ޕްރައިމަރީގައިވެސް ހިނގާނީ މި އުސޫލު ކަމުން ވޯޓު ކަރުދާސް ކޮޅުގައި ފާހަގަ ޖަހާއިރު ވަރަށް ވިސްނަން ޖެހޭނެ އެވެ.

އީސީއިން ބުނާގޮތުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖަހަންވާނީ އެ ދާއިރާއަށް އިންތިހާބު ކުރަންޖެހޭ އަދަދަށެެވެ. އެ އަދަދަށް ވުރެ އިތުރަށް ނުވަތަ މަދުން ފާހަގަ ލައިފަިނަމަ އެވޯޓު ބާތިލުވާނެއެވެ. އެހެންނަމަވެސް ފާހަގަޖަހާފައިވާ ގޮޅިން ބޭރުގައި ކަމަށްވިޔަސް ފާހަގަ އޮތީ ވަކި ނަމަކާ ދިމާލުގައި ކަމަށް ވާނަމަ އެވޯޓު ސައްހަވާނެ ކަމަށް އީސީ އިން ބުނެއެވެ.

ހުކުރުދުވަހު އޮންނަ އިންތިހާބުގައި ވޯޓު ލާން ފަށާ ގަޑިއަކީ މެންދުރު 2:30އެވެ. ވޯޓުފޮށި ބަންދު ކުރުމަށް ހަމަޖެހިފައިވަނީ ހަވީރު 6:00އެވެ. ބަންދުކުރުމަށް ހަމަޖެހިފައިވާ ގަޑީގައި އިތުރު ބަޔަކު ކިއޫގައި މަޑު ކޮށްގެން ތިބިނަމަ އެމީހުންނަށް ވޯޓު ލުމުގެ ފުރުސަތު ލިބޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top