ރައްޔިތުންނަށް ދެން ފޮނުވާނީ އެސްއެމްއެސް އެއް: ކެންދޫ ކައުންސިލް

14322677_1344416892249975_966449601420889806_n.jpg

ކައުންސިލުގެ ފަރާތުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖާއި އަންގަންޖެހޭ އެންގުންތައް ދެން ފޮނުވާނީ އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުންގެ ފޯނުތަކަށް ކަމަށް ކެންދޫ ކައުންސިލުން ބުނެފިއެވެ.

ކުރިން ކެންދޫ ކައުންސިލުން މިފަދަ މައުލޫމާތުތައް ފޯރުކޮށްދީފައިވަނީ ކައުންސިލްގެ ފޭސް ބުކް ޕޭޖް މެދުވެރިކޮށްގެންނެވެ. ނަމަވެސް އަލަށް ތައާރަފް ކުރި މި ޚިދުމަތަކީ އަމިއްލަ ޖީބާ ހަމައަށް ޚަބަރު ފޯރުކޮށްދިނުން އަވަސްކުރުމުގެ ގޮތުން އެޅި ބޭނުންތެރި ފިޔަވަޅެއްކަމަށް ކައުންސިލުން ބުނެއެވެ.

ކެންދޫ ކައުންސިލް މެމްބަރ އިބްރާހީމް އަބްދުއްރަހްމާން އީވިއަށް ވިދާޅުވީ މިއީ ޒަމާނީ ލުއިފަސޭހަ ކަމާއެކު ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް ކައުންސިލުން އިސްނަގައިގެން ކުރިޔަށް ގެންދެވުނު ވަރަށް ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ. އޭނާ ވިދާޅުވީ މުޅިރައްޔިތުންގެ އިތުރުން ޓާގެޓް ގްރޫޕްތަކަށް އަންގަންޖެހޭ އެންގުންތައްވެސް އެންމެ ފިތަކަށް ފިތާލުމުން މިހާރު ސީދާ މީހާގެ ފޯނަށް އެސްއެމްއަކުން ލިބޭނެކަމަށެވެ.

“އެއްފަހަރާ 800 އަށްވުރެ ގިނަ ރައްޔިތުންނަށް މެސެޖް ލިބޭނެ. ޒަމާނާ އެއްގޮތަށް އަޅުގަނޑުމެންވެސް ޖެހޭ ދެއްތޯ ބަދަލުވާން. ހަމައެކަނި ރައްޔިތުންނެއް ނޫން. މިސާލަކަށް އެކި ކޮމެޓީތަކަށް ވެސް ޓާގެޓް ގްރޫޕްތަކަށްވެސް އެންމެ ފިތަކަށް ފިއްތާލައިގެން އެސްއެމްއެސް އަކުން މެސެޖް ފޮނުވާލެވޭނެ” އިބްރާހީމް ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ މިކަހަލަ ކިތަންމެ ލުއި ފަސޭހަ ގޮތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކައުންސިލުން ޕްރޮޤްރާމްތައް ރާވަމުންދާކަމަށާ، ކުރިޔަށް އޮތްތަނުގައި އެކަންކަން ފެންނަމުންދާނެކަމަށެވެ.

ރައްޔިތުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމަށް ބ. އަތޮޅުގެ ގިނަރަށްރަށުގައި ބޭނުންކުރަމުންދަނީ އެރަށެއްގެ ކައުންސިލް އިދާރާގައި ބަހައްޓާފައިވާ ލޯޑްސްޕީކަރެެއް ނުވަތަ މެގަފޯނެއް ބޭނުންކޮށްގެންނެވެ.

އޭދަފުށީ ކައުންސިލުން މި ޚަބަރު އެބަ ކިޔަން ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top