އާކުގެ އާވާހަކަ ފޮތް އޭދަފުށީގައި އިފްތިތާހު ކުރަނީ

10245434_639634212757681_333864109919400293_n.jpg

އާކް އިން ހިންގާފައިވާ ހޭލުންތެރިކަމުގެ ހަރަކާތެއް . ފޮޓޯ : އާކް

ދުޅަހެޔޮ ސިއްހަތެއްގައި ކުޑަކުދިން ބޮޑެތި ކުރުމަށާއި އެކުދިންނަށް ރައްކާތެރިކަމާއި ހިމާޔަތް ހޯދައިދިނުމުގެ މަގްސަދުގައި އުފައްދާފައިވާ “އާކް ” ޖަމިއްޔާގެ ހީލް ކެމްޕެއިންގެ ތިންވަނަ ވާހަކަފޮތް “ދަ ގްރޭންޑް ޕްލޭން އޮފް ދަ ގަންޖް ގްލޫޕް ގްރޫޕް”މި ހިނގާ ޖުުލައި މަހުގެ 28ވަނަ ދުވަހު އޭދަފުށީގައި އިފްތިތާހު ކުރާނޭ ވާހަކަ އެ ޖަމިއްޔާއިން ބުނެފިއެވެ.

މިފޮތް އޭދަފުށީގައި އިފްތިތާހުކުރުމުގެ ގޮތުން ބާއްވާ ހަފްލާ އޮންނާނީ ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާ އެކު އެދުވަހު ހަވީރު އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ކުޑަކުދިން ފައިދާހުރި ކާނާ ކެއުމަށާއި ހަރަކާތްތެރިވެ އުޅުމަށް ބާރުއަޅާ އާކްގެ ހީލް ކެމްޕެއިންގެ އެއް މެސެޖު ކަމުގައިވާ “ޑަންކް ދަ ޖަންކް” އަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ މިފޮތް ވަނީ މިމަހުގެ 15ވަނަ ދުވަހު ރަސްމީ ކޮށް މާލޭގައި ނެރެފައެވެ.

ހީލް ކެމްޕެއިންގެ ވާހަކަފޮތްތަކުގައި އުޅޭ “ކެރެކްޓާސް” ތަކަކީ ފައިދާހުރި ކާނާ އާއި ބުއިންތައް އަދި ޞިއްޙަތަށް ގެއްލުންހުރި ކާނާއާއި ބުއިންތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ “ކެރެކްޓާސް” ތަކެވެ. އެހެް ކަމުން މިވާހަކަތައް މެދުވެރިކޮށް ކުޑަކުދިންނަށް ހީލް ކެމްޕެއިންގެ މެސެޖުތައް ދަސްވުމަށްފަސޭހަވެގެން ދެއެވެ.

އާކުން  ކުރިން ނެރެފައިވާ ދެ ފޮތަށް ޔޫރަޕްގެ ގޯމަންޑް އެވޯޑްސް ލިބިފައިވެއެވެ. މީގެ އިތުރުން 2015 ވަނަ އަހަރު ގޯމާންޑް ވޯލްޑް އެވޯޑްސްއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ހަ ފޮތުގެ ތެރޭގައި އާކްގެ ފޮތް ވަނީ ހިމެނިފަ އެވެ.

އާކްގެ ހީލް ކެމްޕެއިން ފަށާފައިވަނީ ދެހާސް އެގާރަވަނަ އަހަރުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top