އަތޮޅުތެރޭގައި ކޮވިޑް، ގޯހުން ގޯހަށް! މިއަދު އެކަނިވެސް ނުވަރަށް މޮނިޓަރިންއަށް

DSCN2388.jpg

ކޮވިޑް19 ގެ ހާލަތު އަތޮޅުތެރޭގައި ވަރަށް ބޮޑަށް ގޯސްވެ، މިއަދު އެކަނި ނުވަ ރަށް މޮނިޓަރިންގަށް ލައިފިއެވެ.

މި ނުވަ ރަށާއެކު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ޖުމްލަ 21 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނެފައިވެ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، އިއްޔެ އިއްޔެ އަތޮޅުތެރެއިން 188 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މުޅިރާއްޖެއިން 212 މީހަކު ޕޮޒިޓިވް ވިއެވެ.

އަތޮޅުތެރޭގައި ކޮވިޑްގެ ހާލަތު ގޯސް ވެފައިވާއިރު އެޗްޕީއޭއިން ބުނި ގޮތުގައި އަތޮޅުތެރޭގައި ކޮވިޑް ފެތުރެމުން ދަނީ ގިނަ ރަށްރަށުން ބަލި ކޮންޓްރޯލް ކުރުމަށް އެއްބާރުލުން ނުލިބުމުން ކަމަށެވެ.

ކޮވިޑްބަލީގައި މިއަދާހަމައަށް ރާއްޖެއިން 258 އަށް މީހަކު މަރުވެފައިވާއިރު، ހޮސްޕިޓަލުގައި 15 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.

މިއަދު މޮނިޓަރިންނަށް ލާފައިވާ ރަށްރަށަކީ ހަނިމާދޫ، އޭދަފުށި، ދޮންފަނު، ލަންދޫ، މިލަންދޫ، ހިންނަވަރު،  ހިރިލަންދޫ، އަދި ރަތަފަންދޫއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top