ބ.އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ދޭން ފަށައިފި

IMG_20210620_134452349.jpg

ބ.އަތޮޅު ހޮސްޕިޓަލް

ބ. އޭދަފުށީގައި ހުންނަ ބ.އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

ޑައިލިސިސްގެ ޚިދުމަތަކީ ކިޑްނީގެ ޚާއްސަ ބައްޔަކަށް ދެވޭ ފަރުވާއެކެވެ. މަދުވެގެން ހަފްތާއަކު ދެފަހަރު ނުވަތަ ތިން ފަހަރު މިފަރުވާ ދޭން ޖެހެއެވެ.

އެހޮސްޕިޓަލުގައި ހަދާފައި ހުންނަ ޑައިލިސިސް ޔުނިޓުން މި ޚިދުމަތް ފޯރުކޮށްދޭން ފެށުމުން ބ. އަތޮޅުގައި މި ޚިދުމަތް ހޯދަމުން އަންނަ ބަލިމީހުން މިކަމަށް މިހާރު ކުރާ ހޭދަ އެތައް ގުނައެއް ކުޑަވެގެންދާނެ އެވެ.

ބ .އަތޮޅުގައި މި ޚިދުމަތް ބޭނުންވާ ފަނަރަ އަށް ވުރެ ގިނަ ބަލިމީހުން ތިބިކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ނަމަވެސް އަތޮޅުން މި ޚިދުމަތް ނުލިބޭތީވެ މިހާރު ބ. އަތޮޅަށް ނިސްބަތްވާ ގިނަ މީހުން  ޚިދުމަތް ހޯދުމަށް މިހާރު ދިރިއުޅުން ވަނީ މާލެއަށް ބަދަލުކޮށްފައެވެ. ބ. އަތޮޅު ހޮސްޕިޓަލުން މި ޚިދުމަތް ދޭން ފެށުމުން އެމީހުން އެނބުރި ރަށަށް އައިސް ދެން ޚިދުމަތް ހޯދާނީ ބ. އަތޮޅު ހޮސްޕިޓަލުން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޑައިލިސިސްގެ ހިދުމަތަށް ތަމްރީނު ވެފައިވާ ދެ ނަރުހުން މިހާރު އެބަތިބި ކަމަށާއި އިތުރު ނަރުހުން އަންނަ އަހަރު ތަމްރީން ކުރެވިގެން ދާނެކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ލޮލުގެ ޚިދުމަތާއި، ރޭޑިއޮލޮޖީ ، ކަށީގެ ޚާއްސަ ބަލިތަކާއި، ފިޒިޝަނުންގެ ޚިދުމަތް ދެމުން އާދެއެވެ. ލޮލުގެ ބަލިތައް ދެނެގަތުމަށް ބޭނުންވާ މެޝިނަރީ މި މަސް ދުވަހުގެ ތެރޭގައި ލިބުމާއި އެކު އިތުރަށް ފުޅާކުރެވިގެން ދާނެކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top