އެކަޑަމީ ފެށުން ލަސްވަނީ ކޯޗުން ހަމަނުޖެހިގެން – ދަ ގްރާންޓް

21731282_1893215487605025_3825809925895618251_n.jpg

އޭދަފުށީ ފުޓްބޯޅަ އެކަޑަމީގައި މިދިޔަ އަހަރު ބްރެޒިލް ކޯޗެއް ކުދިންނަށް އިރުޝާދުދެނީ. މިއަހަރު އެކަޑަމީ ފެށުން ލަސްވަނީ ކޯޗުން ހަމަނުޖެހިގެންކަމަށް ދަ ގްރާންޓުން ބުނޭ / ފޮޓޯ: ދަގްރާންޓް ފޭސްބުކް ޕޭޖް

ދަ ގްރާންޑް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީއިން އޭދަފުށީގައި މިދިޔަ އަހަރު ފެށި ފުޓްބޯޅަ އެކަޑަމީ މިއަހަރު ހުޅުވުން ލަސްވަމުންދަނީ ކޯޗުން ހަމަނުޖެހިގެންކަމަށް އެޖަމްއިއްޔާއިން ބުނެފިއެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލްއިން ބުނީ ކުރިން ރާވާފައި އޮތީ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމާއެކު، އެކަޑަމީ ހުޅުވަންކަމަށާ، ނަމަވެސް ލަސްވާން ދިމާވީ މިދިޔަ އަހަރު ގެނައި ކޯޗު އަމިއްލަ ކަމަކު ކުއްލިއަކަށް ގައުމަށް ދާންޖެހުމުން ކަމަށެވެ. އަދި އާކޯޗެއް ހަމަޖެއްސުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަކަމަށް އެޖަމްއިއްޔާއިން ބުންޏެވެ.

“މިއަހަރު ފެށުނު ފަހުން ކޯޗު ފުރައިގެން ދާންޖެހުނީ އޭނާގެ ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން. ދެން އާ ކޯޗެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ.” އޮފިޝަލް ބުންޏެވެ.

ދަ ގްރާންޑް އެސިސްޓެންޝިއަލްއިން ބުނީ އެކަޑަމީގެ ހިދުމަތް މެދުކެނޑިފައި އޮތުމަކީ އެޖަމްއިއްޔާއިންވެސް އެންމެ ބޭނުންވާގޮތް ނޫންކަމަށެވެ. އަދި އުއްމީދަކީ ވަރަށް އަވަހަށް އެކަޑަމީގެ ހިދްމަތްތައް ފެށިގެން ދިއުންކަމަށްވެސް ދަ ގްރާންޑުން ބުންޏެވެ.

ޔޫރަޕާ، ދެކުނު އެމެރިކާގެ މަޝްހޫރު ގައުމުތަކުގެ ކޯޗުންނާއެކު މިދިޔަ އަހަރު އޭދަފުށީގައި ފެށި ދަ ގްރާންޓް އެސިސްޓެންޝިއަލް އިންޓަނޭޝަނަލް ފުޓްބޯލް އެކަޑަމީއަކީ އޭދަފުށީގައި އުފެދުނު ފުރަތަމަ ފުޓްބޯޅަ އެކަޑަމީއެވެ. އެއެކަޑަމީގައި މިދިޔަ އަހަރު ސަތޭކައާ ގާތްކުރާ އަދަދަކަށް ކުދިން ތަމްރީން ހަދާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top