ފުރަތަމަ މެޗް ސޮނެވާ ކާމިޔާބުކޮށްފި

ރިސޯޓް މުބާރާތުގައި އިއްޔެ އަނަންތަރާއާ، ސޮނެވާ ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް 3-1 ން ކާމިޔާބުކުރީ ސޮނެވާ ޓީމް / އީވީ ފޮޓޯ: ފާރިހް

ރިސޯޓް މުބާރާތުގައި އިއްޔެ އަނަންތަރާއާ، ސޮނެވާ ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް 3-1 ން ކާމިޔާބުކުރީ ސޮނެވާ ޓީމް / އީވީ ފޮޓޯ: ފާރިހް

ސީސީ އިންޓަރިސޯޓް ފުޓްބޯޅަ މުބާރާތް ހުޅުވުމުގެ ގޮތުން އިއްޔެ ސޮނެވާފުއްޓާ، އަނަންތަރާ ބައްދަލުކުރި މެޗް ޗެންޕިއަން ސޮނެވާފުށި ކާމިޔާބުކޮށްފިއެވެ.

އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗް 3 ލަނޑު 1 ލަނޑުން ސޮނެވާ ކާމިޔާބު ކުރިއިރު މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސޮނެވާ ޓީމްގެ ޖާޒީ ނަމްބަރ 88 އަޒްމީން އަބްދުއްސައްތާރެވެ.

މިމެޗްގެ ފަހު ހާފްގައި ފޯރިގަދަ ކުޅުމެއް ވަނީ ފެނިފައެވެ. އެގޮތުން އަނަންތަރާ ޓީމަށްވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފައެވެ.

މިމުބަރާތުގެ މެޗެއް މިއަދު ހަވީރުވެސް ކުޅެވިގެންދާނެއެވެ. ބައްދަލުކުރާނީ ކިހާދޫ މޯލްޑިވްސް އަދި ރޯޔަލް އައިލެންޑް ރިސޯޓް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top