ރޯޔަލްއާއި ކިހާދޫ މޯލްޑިވްސް މެޗް އެއްވަރު

ރޯޔަލްއާ، ކިހާދޫ މޯލްޑިވްސް އިއްޔެ ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: ފާރިހް

ރޯޔަލްއާ، ކިހާދޫ މޯލްޑިވްސް އިއްޔެ ބައްދަލުކުރި މެޗްގެ ތެރެއިން / ފޮޓޯ: ފޭސްބުކް

މިހާރު އޭދަފުށީގައި ކުރިޔަށްދާ އިންޓަ ރިސޯޓް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ރޯޔަލްއާ، ކިހާދޫ މޯލްޑިވްސް ކުޅުނު މެޗު 1 ލަނޑު 1 ލަނޑުގެ ނަތީޖާއަކުން އެއްވަރުވެ ނިމިއްޖެއެވެ.

އިއްޔެ ހަވީރު އޭދަފުށީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗަށް ރޯޔަލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އޭދަފުއްޓަށް އައިސްފައެވެ. މެޗު ފެށިގެން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ރޯޔަލް ޓީމް ކުޅެ ކުޅެ ތިއްބާ ކިހާދް މޯލްޑިވްސް އިން ވަނީ ލީޑް ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ނާޒިމް އެވެ.

މި މެޗްގައި ރޯޔަލް ޓީމަށް ވަނީ ލަނޑު ޖަހާނެ ގިނަ ހުސް ފުރުސަތު ތަކެއް ލިބިފައެވެ. ރޯޔަލް ޓީމަށް މިމެޗް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފް ނިމެނިކޮށް މިދިޔަ އަހަރުވެސް މޮޅު ކުޅުމެއް އެޓީމަށް ދެއްކި މުހައްމަދު ރިޔާޒު އެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކިހާދް މޯލްޑިވްސްގެ ހުސެއިން ނިޝާން އެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް ކުޅޭނެއެވެ. ދުސިތް އާ ދެކޮޅަށް ނުކުންނާނީ އަނަންތަރާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top