14 އަހަރުގެ ކުއްޖަކު އޭނާގެ 66 އަހަރުގެ މާމަ ކޮނޑުމަތީގައި ސްކޫލަށް ދާތާ 5 އަހަރު

11.jpg

ޗައިނާގެ ޒިޝުއާން ޕްރޮވިންސްގެ ޔިބިން ސިޓީގައި ދިރިއުޅެމުންދާ 14 އަހަރުގެ އަންހެން ކުއްޖަކު ސްކޫލަށް ގެންދިއުމުގައި ކޮންމެ ދުވަހަކު އެކުއްޖާގެ 66 އަހަރުގެ މާމަ ފަސް އަހަރު ދުވަސް ހޭދަކޮށްފި އެވެ.

ފަންގް މެއި ކިއު ނަމަަކަށް ކިޔާ އަންހެން ކުއްޖާ އަށް ބައްޔެއް ޖެހިގެން ކޮޅަށް ނުހުރެވޭތީ އާއި ނުހިނގޭތީ އެކުއްޖާގެ މާމަ ކޮންމެ ދުވަހަކުވެސް ވެސް އެކުއްޖާ ސްކޫލަށް ލައިދެނީ ބުރަކަށި މަތީގައި ބާއްވައިގެންނެވެ.

މި ކުއްޖާ މިހާތަނަށް އެންމެ ދުވަހަކުވެސް ސްކޫލަށް ނުގޮސް ދޫކޮށްލެވިފައިނުވާ ކަމަށާއި ގަޑި ޖެހިގެން ދުވަހަކުވެސް ސްކޫލަށް ގޮސްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ކުއްޖާ ގެ ހުންނަ ހިސާބުން ސްކޫލާއި ހަމައަށް ދެވެނީ 2 ކިލޯ މީޓަރު ކަޑައްތު ކުރުމަށްފަހު އެވެ. އަދި މާމަ މި ކުޑަ ކުއްޖާ ބުރަކަށި މަތީ އުފުލައިގެން ދަނީ އުސް ފަރުބަދަތަކާއި މަގުތަކުގައި ހިނގާފައެވެ.

ފަންގް މެއި ކިއުގެ ބައްޕަ ވަނީ ފަންގް ވަރަށް ކުޑައިރު އަންހެނުން ވެސް ވަރިކުރުމަށްފަހު ގޮސްފައެވެ. އަދި އޭގެ ފަހުން ފަންގް މެއި ކިއުގެ މަންމަ އެހެން މީހަކާއި ކައިވެނިކޮށްގެން އުޅެމުން އަންނައިރު ފަންގް މެއި ކިއުގެ ކާފަ ބަލި ކަމުން އެއްވެސް ކަމެއް ނުކުރެވެ އެވެ. އެހެންވެ ފަންގް ސްކޫލަށް ގެންދިއުމުގައި އުޅެނީ މާމަ އެވެ.

ފަންގް މެއި ކިއުގެ ދޮން ބައްޕަ އެކުއްޖާ ސްކޫލަށް ނުގެންދަނީ ކީއްވެގެން ކަމެއް މީޑިއާގައި ރިޕޯޓުކޮށްފައެއް ނުވެ އެވެ.

އެގޮތުން އެކުއްޖާގެ މާމަ ކޮންމެ ދުވަހެއްގެ ފަތިހު ފަހެއް ޖަހާއިރު ތެދުވެގެން ފަންގް މެއި ކިއު ތައްޔާރުކޮށްގެން ގެއިން ނައްޓާލަނީ ހެނދުނު 7:30 ގައި އެވެ. އަދި ފަސް ސަރަހައްދެއްގައި މަޑުކޮށް އަރާމުކޮށްލުމަށްފަހު ސްކޫލާއި ހަމައަށް ދެވޭއިރު ހުންނަނީ 8:30 ވާން ކައިރިވެފައެވެ.

ފަންގް މެއި ކިއު މާމަގެ ބުރަކަށި މަތީގައި ސްކޫލަށް ގެންދާތާ މިހާރު 5 އަހަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަބަރު މީޑިއާތަކަށް އެރުމާއިއެކު މިހާރު ވަނީ މި އާއިލާއަށް ސްކޫލާއި ކައިރިން ގެއެއް ހަމަޖައްސައިދިނުމަށް އެގެއަށް ބަދަލުވެފައެވެ. އަދި 14 އަހަރުގެ އަންހެން ކުއްޖާއަށް މިހާރު ވަނީ ފުރޮޅުލީ ގޮނޑިއެއް ވެސް ހަދިޔާކޮށްފައެވެ. އަދި އެކުއްޖާ މިހާރު ހުރި ހާލަތުން ރަނގަޅު ހާލަތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ކަމާއި ބެހޭ ފަރާތްތަުން ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top