ބޮޑު މަރާމާތަކަށްފަހު ބ. ދިގުފަރު ރިސޯޓް އެންޑް ސްޕާ އަންނަ އަހަރު އަލުން ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ދިގުފަރު ރިސޯޓު މަރާމާތު ކުރުމަށް ބަންދު ކޮށްފައިވަނީ މިދިޔަ އަހަރެވެ. އަންނަ އަހަރު 1 ޖޫން ގައި އަލުން މި ރިސޯޓު ހުޅުވާއިރު ކޮޓަރިތަކާއި މޫދު ވިލާތައް އަދި މޫދު ކޮޓަރިތަކުން ބޮޑު ބަދަލެއް ފެނިގެން ދާނެ އެވެ.
ދިގުފަރު ރިސޯޓަކީ 2016 ވަނަ އަހަރު 40 ކޮޓަރިއާއެކު ހުޅުވި ތަނެކެވެ. އެ ރިސޯޓުގައި 30 ބީޗް ވިލާ އާއި 10 ސެމީ ވޯޓާވިލާ ހުރެ އެވެ. އާ ބަދަލާއެކު މޫދު ކޮޓަރިތަކާއި ވޯޓާވިލާތައް ވެސް އިތުރު ވެގެންދާނެކަމަށް އެރިސޯޓުން ބުނެއެވެ.
ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބ. ބަޔޮސްފިޔާ ރިޒާވްގައި ހިންގާ ދިގުފަރު ރިސޯޓަށް ސީޕްލޭންގައި 30 މިނެޓުން ދެވެ އެވެ.