އާލިއާބަޓްގެ މިސްޓަރ ޕާފެކްޓް

alia-bhatt-77.jpg

ހިންދީ ފިލްމީ ދުނިޔެއަށް އަލަށްތަޢާރަފްވެ މަޝްހޫރުކަން ހޯދާފައިވާ އާލިއާބަޓްގެ އެންމެފަހުން ނުކުތް ފިލްމް”ހައިވޭ “ގައި އޭނާ އަދާކޮށްފައިވާމޮޅު ރޯލަށް މި ދުވަސްވަރު ތައުރީފުގެ ބަސްތައް އޮހެމުންދަނީއެވެ. ދެން އެންމެ އަވަހަށް އަންނަން އޮތް އިމްތިޔާޒް އަލީ ގެ “ޓޫ ސްޓޭޓަސް”ގައި އޭނާ ކުޅެނީ ޕަންޖާބީ ފިރިހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭ ކުއްޖެއްގެބައެވެ. އެކަމަކު ހަގީގީދިރިއުޅުމުގައި އާލިއާ އަދިވެސްހުރީ ހުސްހަށިބަޔަށެވެ. އޭނާ ހޯދަމުންދަނީ އޭނާގެ މިސްޓަރ ޕާފެކްޓް އެވެ.

މަޝްހޫރު ގިނަފިލްމުތަކެއް ހަދާފައިވާ މަހޭޝްބަޓްގެ މި ރީތި ޒުވާން އާލިއާ އާއި ކުރިން އަޅުވާ ކިޔަމުން އައީ އަރުޖުން ކަޕޫރު އާއި ވަރުން ދަވަން އާއެވެ. އެކަމަކު އެއީ ހަމަ ހުސްވާހަކަ ތަކެއް ކަމުގައި ބުނަމުން އާލިއާ ބުނީ އޭނާ އަދިވެސް އިންތިޒާރު ކުރަމުން މި އަންނަނީ އޭނާގެ މިސްޓަރ ޕާފެކްޓް އަށް ކަމުގައެވެ. އޭނާގެ ހުވަފެނީ މިސްޓަރ ޕާފެކްޓް ހަގީގަތަކަށް ވެގެން ކޮންމެވެސް ދުވަހަކުން އޭނާއަށް ލިބޭނެ ކަމުގައެވެ.

އާލިއާއަށް ކަމުދަނީ ކޮންކަހަލަ ސިފައެއްހުރި މީހެއްތޯއަހާލުމުން ބުނީ “އެންމެ މުހިންމު ކަމަކީ ކޮލިޓީ މީހަކަށް ވުން “ކަމުގައެވެ. “އެއީ ވަރަށް އާދައިގެމީހެއް ކަމުގައި ވިޔަސްބޭނުންވަނީ އަހަރެންގެ މީހަކީ ވަރަށް ވަފާތެރިމީހެއް ކަމުގައިވުން. އެކަމަކު އަހަރެން ބޭނުމެއްނުވާނެ ފެމިލީގެ ތެރެއިން އަންނަ މީހެއްކަމުގައި ވިޔަސް ނުވަތަ އެހެން ދިމާލަކުން އަންނަ މީހެއް ކަމުގައި ވިޔަސް އަހަރެންގެ ކެރިޔަރަށް ހުރަސް އަޅާ އަދި އަހަންނާ މެދު ހަރުކަށިވެގެން އަހަރެން ދަށަށް ގެންދާ މީހަކަށް ވުމަށް” ހިނިތުންވެ ހުރެ އާލިޔާ ބުންމުން ދިޔައެވެ.

އަހަރެމެންނަށް ޔަގީންވާ ކަމަކީ ވަރަށް ގިނަ މީހުން މިހަރު ތިބޭނީ މި ރީތި އާރިއާގެ މިސްޓަރ ޕާފެކްޓް އަށް ވާ ހިތުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top