ކަރިޝްމާ އަދިވެސް ޒުވާން. ބައިވެރިއަކު ހޯދުމަކީ މައްސަލައެއް ނޫން : ރަންދީރް ކަޕޫރް

karisma-toshni-759.jpg

 

ކަރިޝްމާ އަދިވެސް ޒުވާން ކަމަށާ ކައިވެންޏަކާމެދު ވިސްނުމަކީ މައްސަލަ އެއް ނޫންކަމަށް ބައްޕަ ރަންދީރު ކަޕޫރު ބުނެފިއެވެ.

ރަންދީރު މިހެން ބުނެފައިވަނީ ކަރިޝްމާގެ ކައިވެނި ރޫޅުމަށްފަހު ސަންދީޕްކިޔާ ވިޔަފާރިވެރިއަކާ ގުޅިގެން އުޅޭކަމުގެ އަޑު މިދުވަސްވަރު ގަދަވެފައިވަނިކޮށެވެ.

“އޭނާ ކައިވެންޏެއްކުރަން ބޭނުންނަމަ އެކަމަށް މަރުހަބާ ކިޔަން.  އެދެމީހުން އެކުގައި ހިނގާފައި ދަނިކޮށް ނަގާފައިވާ ފޮޓޯއެއް އަހަރެން ވެސް ދުށިން. ނޭގެ ހަގީގަތެއް. ” ރަންދީރުބުންޏެވެ.

ކުރީގެ މަޝްހޫރު އެކްޓަރ ރަންދީރު އިތުރަށް ބުނީ ކަރިޝްމާ އަލުން ކައިވެންޏެއް ކުރުމަކީ އޭނާގެ ދެދަރިން ( ސަމީރާ 12އ. އާއި ކިއާން 7އ.) އަދި ކުރީގެ ފިރިމީހާ ސަންޖޭ ވެސް އުފާކުރާނެ ކަމެއް ކަމަށާއި އާ ދިރިއުޅުމެއް ފެށުމުން އެއެންމެންވެސް އެކުގައި އުފަލާއެކު ދިރިއުޅުމުގެ މަގު އަނެއްކާވެސް ތަނަވަސްވެގެން ދާނެ ކަމުގައެވެ . އަދި މިކަމުގައި އެއްވެސް ގެއްލުމެއް ނުވަތަ ގޯހެއް ނެތްކަމަށް ރަންދީރު ބުނެފައިވެއެވެ.

ސަންދީޕް ވެސް ވަނީ ކުރިން ކައިވެންޏެއް ކޮށްފައެވެ.

ސަންދީޕް އާއި އޭނާގެ ކުރީގެ އަނބިމީހާ އަޝްރިތާ ވަނީ އެމީހުންގެ ވަރީގެ ކަންތައް ގާނޫނީ ގޮތުން ފުރިހަމަ ކޮށް ދާދި ފަހުން ކޯޓުގައި ނިންމާފައެވެ. ދެމީހުންގެ 14 އަހަރުވީ ކައިވެނި ވަރިއާ ހަމައަށް ދިޔައި 7 އަހަރު ވަކިން އުޅުމަށް ފަހުގައެވެ.

މި ކައިވެންޏަށް 12 އަހަރާއި 9އަހަރުގެ ދެ އަންހެންކުދިން ލިބިފައިވާ އިރު ކޮންމެ ކުއްޖަކަށް 3 ކުރޯޑު ރުޕީސް ލިބިފައިވެއެވެ. އަރްޝިތާ އަށް ވަނީ ދެކުރޯޑު ރުޕީސްއާއި އޭނާ ދިރިއުޅުނު ފްލެޓްވެސް ލިބިފައެވެ. ކުދިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފއިވަނި މަންމަ އަރްޝިތާ އާއެވެ.

ކަރިޝްމާގެ ކައިވެންޏާ ބެހޭގޮތުން ބައްޕަ ރަންދީރުކަޕޫރު ކުރިން ބުނެފައިވަނީ ކަރިޝްމާ އުޅެނީ ވަރަށް އުފަލުން ކަމަށާ ކައިވެންޏާބެހޭ ގޮތުން މަޝްވަރާއެއް ކޮށްފައި ނުވާކަމުގައެވެ.

43 އަހަރުގެ ކަރިޝްމާ އަށް ތާރީފު ކުރަމުން އޭނާ ބުނެފައިވަނީ ކަރިޝްމާއަކީ ވަރަށް ރަނގަޅު ދަރިއެއްކަމަށާއި ހަމައެހެންމެ އެއްވަނައިގެ މަންމައެއް ކަމުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top