އެސްޓީއޯއިން އޭދަފުށީގައި އާބޭސްފިހާރައެއް އަޅަން ފަށައިފި

24946453_10155460463873402_1963143407_o.jpg

އެސްޓީއޯ އާ ބޭސްފިހާރަ އޭދަފުށީގައި އެޅުމުގެ މަސައްކަތް މިއަދު ކުރިޔަށްދަނީ / އީވީ ފޮޓޯ:

ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން އޭދަފުށީގައި އާ ބޭސްފިހާރައެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެސްޓީއޯ ބޭސްފިހާރަ މިވަގުތު އޭދަފުށީގައި ހިންގަމުންގެންދަނީ ބ. އަތޮޅު ހޮސްޕިޓަލް އެތެރޭގައި ހުންނަ ބައެއްގައެވެ.

އެސްޓީއޯއިން ބުނީ އާ ބޭސްފިހާރަ އިމާރާތްކުރުމުގެ މަސައްކަތް އިއްޔެ ފެށުނީ އަތޮޅު ހޮސްޕިޓަލްގެ ގޯތިތެރޭގައި އޯކިޑްމަގާ ކުރިމަތިވާގޮތަށް ކަމަށެވެ. އެކުންފުނިން ބުނީ އަލަށް އަޅާ ބޭސްފިހާރަ ބޮޑުމިން 30 ފޫޓް ދިގު އަދި 20 ފޫޓް ފުޅާ ވާނެކަމަށާ، އެތަނުގައި ބޭސް ރައްކާކުރާނެ ގުދަނެއްވެސް ހިމެނޭކަމަށެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ އޭދަފުށީގެ މަޝްހޫރު ކޮންސްޓްރަކްޝަން ކޮންޕެނީ އާރު ޓެން އާއެވެ. އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ ރިލުވާން ޔޫސުފް (ސައިއްޓޭ) ވިދާޅުވީ ބޭސްފިހާރައިގެ މަސައްކަތް އިއްޔެ ފެށިފައިވާކަމަށާ، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިމޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

“ވިއްސާރައެއް ނުކޮށް މިގޮތަށް އޮވެއްޖެއްޔާ 45 ދުވަސްތެރޭގައި ތަން ނިންމާ ހަވާލުކުރާނަން. ވަރަށް ބާރަށް މަސައްކަތް އެބަދޭ” ސައިއްޓޭ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސްފިހާރަ ގާއިމްކުރުމުގެ ޕްރޮޖެކްޓްގެ ދަށުން އެސްޓީއޯއިން އޭދަފުށީގައި ބޭސްފިހާރަ ގާއިމްކުރީ 2014 ވަނަ އަހަރުއެވެ. އެކުންފުނިން އަންނަނީ ބ. އަތޮޅުގެ ހުރިހާ ރަށެއްގައިވެސް ބޭސްފިހާރާއިގެ ހިދްމަތް ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top