އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް މުސްޙަފްމާލްދީފް ހަދިޔާކޮށްފި

24879809_1532756950127498_6387894622813951623_o.jpg

އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް މުސްހަފް މާލްދީފް ހަދިޔާ ކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގެ ތެރއިން ފޮޓޯ/އިސްލާމިކް މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އޭދަފުށީ ދާއިރާގެ ރަައްޔިތުންނަށް މުސްހަފް މާލްދީފް ހަދިޔާ ކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީގައި މިކަމަށް ޚާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި މި މުސްޙަފްތައް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމު އާއި ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދުއެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާންވެސް ބައިވެރިވެ ވަޑައިގަތެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށީ ދާއިރާގައި ހިމެނޭ އޭދަފުށި ،ހިތާދޫ ، މާޅޮސް ގެ ރައްޔިތުންނަށް މިއަދު ވަނީ 3500 އަށް ވުރެ ގިނަ މުސްހަފް ހަދިޔާ ކުރައްވާފައެވެ.

މުސްހަފް މާލްދީފް އަކީ ކޮންމެ ދިވެއްސަކަށް މުސްހަފެއް ހޯދައިދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް ފެއްޓެވި މަސައްކަތެކެވެ. މިގޮތުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ވެސް މުސްހަފުގެ ކޮޕީއެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލޭ ސަރަހައްދާއި އަތޮޅުތެރޭ ދިރިއުޅޭ އުމުރުން 15-40 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުސްހަފް ފޯރުކޮށްދެވޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top