ބ.އަތޮޅު ކައުންސިލުން ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށައިފި

39a27618f1dc54b80987c6706135e6b7_XL.jpg

މިއަދު މެންދުރު ނަމާދަށްފަހު ދޮންފަނު މިސްކިތުގައި ދީނީ ނަސޭހަތްދެނީ. ފޮޓޯ: ބ. އަތޮޅު ކައުންސިލް

ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހާ ދިމާކޮށް ބ.އަތޮޅު ކައުންސިލްގެ ފަރާތުން ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް މިއަދުފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ބަރަކާތްތެރި ރަމަޟާންމަހު ބާއްވަމުން އަންނަ ދީނީ ގޮތުން ހޭލުންތެރިކުރުވުން ނުވަތަ ނަސޭހަތްދިނުމުގެ ޕްރޮގްރާމަކީ އަތޮޅުތެރޭގެ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން އިތުރުކުރުމުގެ އިތުރުން ދީނި ހޭލުންތެރިކަން އިތުރުކުރުމަށް އަތޮޅު ކައުންސިލްގެ ވޯކްޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށް އަތޮޅު ކައުންސިލުން ބުނެއެވެ.  އެގޮތުން މިއަދުން ފެށިގެން މިމަހުގެ 17 ވާ އާދީއްތަދުވަހާއި ހަމައަށް އަތޮޅުގެ ރަށްރަށުގައި މެންދުރުނަމާދާއި އަޞްރުނަމާދަށް ފަހު ދީނީ ނަސޭހަތް ދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމުގައި ނަސޭހަތް ދެއްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ވަޑައިގެންނެވި ދެ އިލްމްވެރިންކަމަށްވާ އައްޝައިޚް ހަސަން ތައުފީޤާއި އައްޝައިޚް އަޙްމަދު ފަހްމީ ދީދީ އެވެ..

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top