ބީއެމްއެލްގެ އޭޓީއެމްތަކުގައި ސެނަޓައިޒާ ބަހައްޓަން ފަށައިފި

89656356_2304731356296243_4241205373584801792_n-876x557-1.jpg

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ތަކުގައި ސެނަޓައިޒާ ބަހައްޓަން ފަށައިފިއެވެ.

ބީއެމްއެލް އިން އެބޭންކުގެ އޭޓީއެމް ތަކުގައި ސެނަޓައިޒާ ބަހައްޓަން ފެށިއިރު، ކޮވިޑް-19 އަށް ރާއްޖެ އިން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު މިބަލީގެ އަލާމާތްތައް ހުރެގެން ބައެއް މީހުން ވަނީ ކަރަންޓީން ކޮށްފައެވެ. ބައްޔަށް ޝައްކު ކުރެވޭ ގިނަމީހުން ޓެސްޓް ކޮށްފައިވީ ނަމަވެސް، އެ މީހުން ނެގެޓިވް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބީއެމްއެލްގެ ހުރިހާ އޭޓީއެމް ސެންޓަރުތަކާއި ބްރާންޗުތަކުގައި ސެނިޓައިޒާ ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އަދި އަތޮޅު ތެރޭގައި ހުރި އޭޓީއެމްތަކާއި ބްރާންޗުތަކުގައި ވެސް ސެނަޓައިޒާ ބަހައްޓަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޭޓީއެމްތަކަކީ އެތައްބަޔަކު ބޭނުންކުރާ ތަނެއްކަމުން، އަތުގެ ސާފުތާހިރުކަމާއި، ސަލާމަތްތެރިކަމަށް ސެނިޓައިޒާއަކީ މުހިންމު އެއްޗެއްކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް19 އިން ރައްކާތެރިވުމަށް ގިނަ ބަޔަކު އަންނަނީ އޭޓީއެމް ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.

ސިއްހީ މާހިރުން ކޮވިޑް-19 އާއި ގުޅިގެން އިރުޝާދު ދެނީ ގިނައިން އަތް ދޮވުމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާއެކު، ގިނަ ފިހާރަތަކުން މާސްކް އަދި ސެނަޓައިޒާ ފުޅި ވަނީ ހުސްވެފައެވެ. އަދި އެސްޓީއޯ އިން ވަނީ އާންމުންނަށް ހޭންޑް ސެނިޓައިޒާއި މާސްކް ވިއްކުން ކޮންޓްރޯލްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top