ވޭޕް މަނާކުރަން ޑޮކްޓަރުންގެ ޖަމިއްޔާއިން ގޮވާލައިފި

2023-09-14T123740Z_1029959983_RC2B83AAAF7R_RTRMADP_3_BRITAIN-VAPES-1701150665.webp

ދުންފަތް އެކުލެވޭ އެކި ބާވަތްތަކާއި ވޭޕް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާ, މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) މިއަދު ގޮވާލައިފިއެވެ.

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނަކީ 2006 ވަނަ އަހަރު އުފައްދާފައިވާ ދިވެހި ޑޮކްޓަރުންގެ އެންމެ ބޮޑު މަދަނީ ޖަމިއްޔާ އެވެ.

ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމުން ޖެހޭ އެފަދަ ބަލިތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ ބަލިތަކާއި ހިތުގެ ބަލިތަކާއި ހަކުރު ބަލީގެ އިތުރުން ސްޓްރޯކް ހިމެނެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކާ ހަވާލާދީ އެބަޔާނުގައި ބުނެފައިވާ ގޮތުން އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށަނީ އުމުރުން 18 އަހަރުގެ ކުރިންނެވެ.

މީގެއިތުރުން، ދުންފަތަކީ އެތައް ހާސް ކެމިކަލް މާއްދާއަކާއި 250 ވިހަ އެކުލެވޭ އެއްޗަަކަށްވާއިރު، އޭގެ 70 މާއްދާއިން ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާތަކުން ދައްކާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ފުއްޕާމޭގެ ކެންސަރު ބަލީގެ މަސްދަރަކަށް 85 ޕަސެންޓް ވެފައިވަނީ ދުންފަތުގެ ސީދާ ދުން ކަމަށާއި އަހަރަކު އަށް މިލިއަން މީހުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އެކި ބަލިތަކުގައި މަރުވަމުންދާއިރު، މީގެ ތެރެއިން 1.3 މިލިއަން މީހުންނަކީ ދުންފަތުގެ ނުސީދާ ދުމުން ދުނިޔެ ދޫކުރަންޖެހޭ މީހުން ކަމަށް ޑަބްލިއުއެޗްއޯ އާ ހަވާލާދީ ބުނެފައިވެ އެވެ.

އޭގެތެރެއިން، 1.3 މިލިއަން މީހުން މަރުވަނީ ދުންފަތުގެ ނުސީދާދުމުން ދުނިޔެ ދޫކުރާ މީހުންކަން ޑަބްލިއުއެއްޗްއޯއިން ފާހަގަކޮށްފައިވެއެވެ.

އިތުރަށް އެބަޔާނުގައި ބުނެފައި ވަނީ، ވޭޕާއި އީ ސިނގިރޭޓަކީ ގެއްލުން ކުޑަ އެއްޗެއް ކަމަށް ބުނާ ނަމަވެސް، އެ ބާވަތްތަަކަކީ ސިއްހަތަށް ގެއްލުން ހުރި ބާވަތްތައް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަަމަށެވެ.

އެ ޖަމިއްޔާއިން ބުނާ ގޮތުން، ވޭޕާއި އީ ސިނގިރޭޓުގައި މަސްތުވާތަކެތި ގަޑުބަޑު ކުރުމުގެ ފުރުސަތު ބޮޑު ކަމަށާއި މަސްތުވާތަކެއްޗަށް ދެވި ހިފުމަށް ވެސް މަގުފަހިވާކަމަށެވެ.

އެހެންވެ، ދުންފަތުގެ ބާވަތްތަކާއި ވޭޕް ރާއްޖޭގައި މަނާ ކުރަން ފިޔަވަޅުތަކެއް އެޅުމަށް ކަމާ ބެހޭ އިދާރާތަަކަށް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދުނިޔޭގެ 34ގައި ގައުމެއްގައި ވޭޕް މަނާކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ، ރާއްޖޭގައި އެކަން ކުރުމުން ދިވެހިންގެ އާންމު ސިއްހަތު ރަނގަޅުވެ، މުޖުތަމައުގެ ސިއްހީ ހާލަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top