ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ބިދޭސީން ޑިޕޯޓްކުރަނީ

bkmn-.jpg

ރާއްޖޭގެ އެކި ރަށްރަށުގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ބައޯމެޓިކް ޑޭޓާ އަންނަ މަހުގެ 1 ކުރިން ކައުންސިލްތަކަށް ދޭން ހޯމްލޭންޑް މިނިސްޓްރީން އަންގައިފި އެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރަން ކުރިއަށް ގެންދާ ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން ކުރިއަށް ގެންދާ މިއޮޕަރޭޝަނަށް މި މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދޭ ނުވަތަ ބައޯމެޓްރިކްސް އަޕްޑޭޓް ނުކުރާ ފަރާތްތައް އެކްސްޕެޓް ސިސްޓަމް އިން ސަސްޕެންޑްކޮށް ޚިދުމަތް މެދުކަނޑާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރިޒޯޓްތަކާއި ސަފާރީތަކާއި ދަނޑުވެރިކަން ކުރުމަށް ޚާއްސަކޮށް ދޫކޮށްފައިވާ ރަށްރަށުގައާއި އަދި އެހެނިހެން ސިނާއީ މަސައްކަތްކުރާ ރަށްތަކުގައި ވަޒީފާއަދާ ކުރާ ބިދޭސީންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް 15 ވަނަ ދުވަހުގެ ކުރިން އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރު ނުވަތަ އެ ބިދޭސީ މުވައްޒަފަކު ވަޒީފާއަދާކުރާ ސައިޓަކާއި އެންމެ ކައިރީގައިވާ ކައުންސިލް އިދާރާއަކާ ގުޅިގެން ކުރިއަށް ގެންދިއުމަށް ވެސް އަންގާ ކަމަށެވެ.

”އޮޕަރޭޝަން ކުރަނގި” ގެ ދަށުން މިހާތަނަށް ދަށުން 25،000 އަށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ރާއްޖޭގެ އެކި ހިސާބުތަކުން ނަގާފައިވެ އެވެ.

މި އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރީކޮޅު އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top