ޑރ.މުސްތަފާ ލުތުފީއަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް އަރުވައިފި

370509_3_0699842cbea7e1b5908290162f1f4990407345ee_large.jpeg

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ޑރ. މުސްތޮފާ ލުތުފީ ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | މިހާރު

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރު ކަމުގެ މަގާމު އަދާކުރެއްވި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީއަށް ދިވެހި ދައުލަތުން އަރުވާ މަތީ އިއްޒަތް، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވައިފި އެވެ.

މި އިއްޒަތް ނިސްބަތް ވަނީ އައްސުލްތާން މުހައްމަދު ޣިޔާސުއްދީން ރަދުންނަށެވެ.

ޑރ. މުސްތޮފާ ވަނީ ރާއްޖޭގެ ތައުލީމީ ދާއިރާއަށާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހެޑްމާސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އޭދަފުއްޓަށާއި ބ.އަތޮޅުގެ ތައުލީމަށް ގިނަ ޚިދުމަތްތަކެއް ކުރައްވައިފަ އެވެ.

ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމުގައި މިހާރު ހުންނެވި މުސްތޮފާ އަށް ދައުލަތުގެ އެންމެ މަތީ އިއްޒަތް އެރުއްވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މުސްތޮފާއަކީ ރާއްޖޭގެ ތައުލީމީ ނިޒާމު ތަރައްގީކޮށް، ކުރިއެރުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރަށްރަށުގައި ކޮމިއުނިޓީ ސްކޫލްތައް ފެށިގެން އައިއިރު ކޮމިއުނިޓީ ސްކޫލްތަކުގެ ހެޑްމާސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ދައުލަތުގެ އެކި މަގާމްތަކުގައި މުސްތޮފާ ޚިދުމަތް ކުރައްވާތާ 30 އަހަރު ވެއްޖެ އެވެ.

ޑރ. މުސްތޮފާ ވަނީ ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.

ޓޫރިޒަމް ކުރިއެރުއްވުމަށް ކުރެއްވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް، ދިވެހި ދައުލަތުން، ޕްރެޒިޑެންޓްސް ޓޫރިޒަމް ގޯލްޑް އެވޯޑް ވެސް އޭނާއަށް އަރުއްވާފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top