ޕިޕީއެމް އާއި ޑިމޮކްރެޓްސްގެ މަޝްވަރާތައް ހުއްޓާލައިފި

61B05B67-7A6B-4E1D-8F10-7224897B18B5-850x548-1.jpeg

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާއެކު ބޭއްވި މަޝްވަރާ ބައްދަލުވުންތައް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ހުއްޓާލައިފި އެވެ.

ޗެނަލް13 ގައި ވާހަކަދައްކަމުން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވީ ކުރީގެ ރައީސް އަދި ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް، އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އެކި ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި ކަމަށާއި އޭގެތެރެއިން އެންމެ ގިނައިން ބައްދަލުވުންތައް ބޭއްވީ ޑިމޮކްރެޓްސް އާއެކު ކަމަށެވެ.

ޑިމޮކްރެޓްސްއާއެކު ޕީޕީއެމުން ދައްކަމުންދިޔައީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލުމާއި، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމާއި، މި ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަތައް ކަމަށާއި ނަމަވެސް ޑިމޮކްރެޓްސްގެ ބޭފުޅުން ދައްކަމުންދިޔައީ މުޅިން އެހެން ވާހަކަތަކެއް ކަމަށް އަދުރޭ ވިދާޅުވި އެވެ.

“އެ ބޭފުޅުން މި ދައްކަވަނީ އެއް ކެންޑިޑޭޓެއްގެ ވާހަކަ. އަޅުގަނޑުމެންނަކަށް ރިޔާސީ އިންތިހާބާ ގުޅޭގޮތުންނެއް އަދި ވާހަކައެއް ނުދެއްކޭނެ. ނުދެއްކޭނެ ސަބަބަކީ އަޅުގަނޑުމެންގެ އެބަހުއްޓޭ ރިޔާސީ ކެންޑިޑޭޓެއް،” އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވި ގޮތުގައި އެއް ކެންޑިޑޭޓުގެ ވާހަކަ ދެއްކެން ނެތްކަން ޑިމޮކްރެޓްސް އަށް މިހާރު ވަނީ އަންގާފަ އެވެ. އަދި މިވަގުތު މުހިއްމީ ކެންޑިޑޭޓުގެ ކަންތައްތަކާ މެދު ގޮތެއް ނިންމުން ކަމަށް ޑިމޮކްރެޓްސް އިން ބުނެފައިވާތީ އެ ޕާޓީއާއެކު ވާހަކަ ދެއްކުން މިވަގުތަކަށް ނިމުމަކަށް ގެނެސްފައިވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.

މީގެއިތުރުން ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ ތިބެގެން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވޭ މައްސަލައާ ގުޅޭގޮތުން ވާހަކަ ނުދެއްކޭނަމަ އެއްވެސް ބަޔަކާއެކީ ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ގައުމީ މައްސަލަތަކުގައި އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީއާއެކު ވެސް މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top