އަހިވައް – ދިފާއީ ނިޒާމަށް މުހިއްމު މޭވާއެއް

noni-tree-live-plant-seedling-palm-beach-medicinal-herbs-6.jpg

އަހިވައް އަކީ ޖަންގަލީގެ ތެރޭގައި ތިރިކޮށް ހެދޭ، ގަހެއްގައި އަޅާ ހުތް ފޮނިމޭވާ އެކެވެމިއީ ގިނަމީހުންނަށް މީރު މޭވާއެއް ނޫނެވެ. އެއީ އޭގައި ހިމެނޭ ވަހުގެ ސަބަބުންނެވެ. މިއީ ދިވެހިން މަދުންނަމަވެސް ކައިއުޅޭ މޭވާއެެކެވެ. އަހިވައް އަކީ ވެސް ހަށިގަނޑަށް ބޭނުންތެރި ވަރަށް ގިނަ މާއްދާތައްއެކުލެވޭ މޭވާ އެކެވެ.   

އަހިވަކުން ލިބޭ ޞިއްޙީ ފައިދާތައް

  • ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : ހޯދިފައިވާ ގޮތުގައި އަހިވައް ފަނިބޭނުންކުރުމަކީ ކެންސަރު އުފެދުމާއި ދެކޮޅަށް މަސައްކަތްކުރާ ކަމެކެވެ.  2001 ވަނައަހަރު ޑިސެމްބަރު މަހުގައި އެނަލްސް އޮފް ދަ ނިއުޔޯރކް އެކަޑަމީ އޮފް ސައިންސް އިންހާމަކޮށްފައިވާގޮތުގައި، އަހިވަކުގައި ހިމެނޭ އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން، އަހިވައްފަނި ބޭނުންކުރުމުން ކެންސަރުގެ ސެލްތައް އުފެދުމުން ރައްކާތެރި ކޮށް ދެއެވެ. އޭގެފަހުން ނިއުޔޯރކްގެ ދަ މެމޯރިއަލް ސްލޯން-ކެޓެރިންގ ކެންސަރ ސެންޓަރ އިންވަނީމިކަމަށް ބާރުލިބޭ ފަދަ ރިޕޯޓެއް ނެރެފައެވެ. އޭގައި ބުނާގޮތުން ޖަނަވާރުތައްބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން އަހިވަކުގައި ޓިއުމަރާއި ކެންސަރާއި ދެކޮޅަށްހަރަކާތްތެރިވުމުގެ ބާރު އެކުލެވިގެން ވެއެވެ.
  • ފުރަމޭ ހިމާޔަތްކުރުން : 2008 ވަނަ އަހަރު އަހިވައް ފަންޏަށް އަމާޒުކޮށް ހެދުނުދިރާސާއެއްގައި މީދާގެ ހަށިގަނޑަށް ފުރަމެޔަށް ގެއްލުންދެނިވި ވިހަ ފޮނުވުނެވެ. އޭގެކުރިން މީދާތަކަށްވަނީ އަހިވައް ފަނި ބޯންދީފައެވެ. ދިރާސާއިން ފާހަގަވީ ވިހައިގެ ސަބަބުންފުރަމެޔަށް ގެއްލުންވެފައިވާ މިންވަރު ދަށްކަމަށެވެ. ފަހުގެ ދިރާސާއެއް ބުނާގޮތުންފުރަމެޔަށް ގެއްލުންވެފައިވާ މީހުން އަހިވައް ބޭނުންކުރުމަކީ އޭގެ މަންފާ ހަށިގަނޑަށް ލިބޭކަމެކެވެ. ނަމަވެސް މިފަދަ އެއްޗެއް އަމިއްލައަށް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާހޯދުން މުހިއްމެވެ.
  • ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އަދި ދިފާޢީބާރު ރަގަޅުކުރުން :ދިރާސާތަކުން އެނގިފައިވާ ގޮތުގައި އަހިވަކުގައި ތަދުކެނޑުވުމުގެ ޚާއްޞިއްޔަތު ހުރެއެވެ.މިދިރާސާ ހެދި ފަރާތްތަކުން ބުނެފައިވަނީ އަހިވަކުގެ އެކްސްޓްރެކްޓް އަކީ ތަދުކަނޑުވައިދީ،ހުޅުދުޅަވުމުގެ ބަލިތައް ޖެހުމުން ހުޅު ހަލާކުވާ މިންވަރު ދަށްކޮށްދޭ އެއްޗެއް ކަމުގައެވެ.އެހެން ދިރާސާއެއްގައި ބުނެފައިވަނީ މީދަލަށް އަހިވައް ޖޫސް ދިނުމުން އޭގެ ހަށިގަނޑުގެދިފާޢީ ބާރު ރަގަޅުވެފައިވާ ކަމަށް ފާހަގަވާ ކުރެވުނު ކަމަށެވެ. އެހެންކަމުން މިއީ ތަފާތުބަލިތައް ޖެހިފައިވާ މީހުންނާއި، ދިގުމުއްދަތަށް ބަލިވުމުގެ ސަބަބުން ދިފާޢީ ބާރުދަށްވެފައިވާ މީހުން ބޭނުންކުރަން ރަގަޅު މޭވާ އެކެވެ.
  • ގޮހޮރުގެ ފާރާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު : އަހިވަކުން ގޮހޮރުގެ ފާރަށްއަސަރުކުރާ މިންވަރު އެނގިފައިވަނީ ވަރަށް ކުޑަކޮށެވެ. 4 ފެބުރުއަރީ 2009 ގައިސައިންޓިފިކް ރިސާރޗް ޖާނަލް ގައި ބުނެފައިވާ ގޮތުން މީދަލަށް އަހިވަކުގެއެކްސްޓްރެކްޓް ދިނުމުން، ގޮހޮރުގައި ފާރު އުފެދުން ރައްކާތެރިކޮށްދޭ ކަން ވަނީ ފާހަގަކުރެވިފައެވެ. މިހެން ދިމާވަނީ އަހިވަކުގެ އެކްސްޓްރެކްޓްގެ ސަބަބުން މައިދާގައި ހުންނައެސިޑްގެ މިންވަރު ދަށްވެ، ގޮހޮރުގެ އެތެރޭގެ ބަތާނަ ހިމާޔަތްކުރުމަށްޓަކައި އެއިން ދޫކުރާދަވަ އިތުރުވާތީ ކަމަށެވެ.
  • ހަންގަނޑަށްކުރާ ފައިދާ : އަހިވައް ފުރަތަމަ ފާހަގަވެގެންދިޔައީ ހަމުގެ ބަލިތަކަށްފަރުވާކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. އެގޮތުން އަހިވައް ގަހުގެ ބައިތައް ކަމުގައިވާ އަހިވައް، ފަތް،ތޮށި،މާ، މޫ، ފަދަ ބައިތައް ބޭނުންކޮށްގެން ފާރުގަނޑު، އެތެރޭގައި ހެދޭ ފާރު، މުލިހި،ދިއްގޮނޑި، އަނގައިގެ ފާރު، ފަންގަސްގެ ޖަރާސީމް އެޅުން، ދަދު، ބޮލުގެ ހަމުގެބަލިތަކަށް ފަރުވާކޮށްފައި ވެއެވެ. މީގެ އިތުރުން އަހިވައް ޖޫހަކީ ޝޭމްޕޫ އެއްގެ ގޮތަށްބޭނުންކުރެވިދާނެ އެއްޗެކެވެ. އަދި އެގޮތަށް ބޭނުންކުރުމުން އިސްތަށިތައް ވަރުގަދަވެ،ބޮލުގައި އުކުނު އެޅުމުން ދުރުކޮށްދެއެވެ.
  • ދިފާޢީ ނިޒާމަށްކުރާ ފައިދާ: އަހިވައް ޖޫހުގައި ދިފާޢީ ބާރު ރަގަޅުކޮށްދޭ ޚާއްޞިއްޔަތެއްހުރެއެވެ. ދިރާސާތައް ބުނާގޮތުގައި ގަވާޢިދުން އަހިވައް ފަނި ބުއިމަކީ ލޭގެ ހުދު ސެލްތައްއުފެއްދުން އިތުރުކޮށް ރަގަޅުކޮށްދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބަލިތަކުންދިފާޢުވުމުގެ ބާރު އުފެދެއެވެ. މީގެ އިތުރުން ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެބާރުވެސް އަހިވައް ފަނީގައި ބައެއް ހާލަތްތަކާއި ގުޅިގެން ހުރެއެވެ. އެގޮތުން ހުޅުތައްދުޅަވުމާއި، ގައުޓް، މުލިހި، ބުރަކަށީގައި ރިހުން، އަދި އުރަމަތި ދުޅަވެދޮސްގަތުން ފަދަޙާލަތްތަކުގައި މިބުނި ބާރު މަސައްކަތް ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top