ދިރާސީ އާއަހަރުގެ ކިޔެވުން ފަށައިފި

DSCN1039-1.jpg

ދޮޅު މަސްދުވަހުގެ ބޮޑުޗުއްޓީއަށް ފަހު ރާއްޖޭގެ ސްކޫލްތަކުގެ ދިރާސީ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އަހަރުގެ މެދު ތެރެއަށް ސްކޫލްތަކުގެ ބޮޑު ޗުއްޓީ ބަދަލުކުރި ފަހުން، އަހަރުގެ މެދު ތެރެއިން ދިރާސީ އާ އަހަރު ފަށާ މިއީ ފުރަތަމަ ފަހަރެވެ.

އާ ދިރާސީ އަހަރަށް މަރުހަބާ ކީއިރު، ރާއްޖޭގެ 217 ސްކޫލްގައި 92000 އަށްވުރެ ގިނަ ދަރިވަރުންނާއި އެކު މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

ދިރާސީ އާ އަހަރާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުން ހަމަވެފައިވާ ކަމަށެވެ.

ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ރަށްރަށަށް ފޮތް ފޮނުވުމުގައި ދަތިތައް ދިމާވެފައިވިއަސް، އާދިއްތަ ދުވަހުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ރަށަކަށް ފޮތްތައް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ޓީޗަރުންނާއި ފޮތްތައް ވެސް ހަމަވެ، ދިރާސީ އާ އަހަރަށް މި ވަނީ ތައްޔާރުވެފައި،” މިނިސްޓަރު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top