ފިނޮޅު ރިސޯޓު ވިއްކާލައިފި

1160419_17061415520053681415.jpg

ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ބ. އަތޮޅުގައި ތަރައްގީކުރި “ފިނޮޅު” ރިސޯޓް 90 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އެ ރިސޯޓް ވިއްކާލުމަށް މެދުވެރިއެއްގެ ބައި އަދާކޮށްދިން ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލްއިން އެ ރިސޯޓް މިދިޔަ އޭޕްރީލް މަހު ވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ސީސައިންޑް ހޮޓެލްސް އެންޑް ރިސޯޓްއަށް ވިއްކާލައިފައެވެ.ވުމާއެކު މިދިޔަ އެޕްރީމް މަހުން ފެށިގެން މި ރިސޯޯޓު ހިންގަމުން ގެނދިޔައީ ސީސައިންޑް ހޮޓެލްސް އެންޑް ރިސޯޓް އިންނެވެ.

މިއީ އެ ކުންފުނިން ރާއްޖޭގެ ރިސޯޓެއް ޔޫރަޕްގެ ގައުމަކަށް ވިއްކުމުގައި މެދުވެރިއަަަކަށް ވި ފުރަތަމަ ފަހަރެވެ. އެ ކުންފުނިން ވަނީ ހިލްޓަން ވާލްޑް ވައިޑް ހޯލްޑިންގްސްއިން ހިންގަމުން އައި ރަންގަލި ރިސޯޓް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބްލެކްސްޓޯންއަށް މިދިޔަ ފެބްރުއަރީ މަހު ވިއްކާލައިފައެވެ.

ފިނޮޅު މޯލްޑިވްސް ހުޅުވާފައިވަނީ ޖޫން، 2016 ގަ އެވެ. އާންމުކޮށް ރާއްޖޭގެ ރިސޯޓުތަކުން ފެންނަ ޑިޒައިންތަކުގެ ބަދަލުގައި މި ރިސޯޓު ފަރުމާކޮށްފައި ވަނީ “ރެޓްރޯ ލަގްޒަރީ” ޑިޒައިނަކަށެވެ.

އެ ރިސޯޓްގައި ހަދާފައިވާ އެއްގަމު ވިލާ އަދި މޫދު ވިލާތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރީގެ ތަންތަން ހިމެނެއެވެ. އަދި ތަފާތު ހަތް ވައްތަރުގެ ވިލާ ހުންނައިރު ޕްރައިވެޓް ސްވިމިން ޕޫލް ހިމެނޭ ވިލާތައް ވެސް ހުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top