ފެން މީޓަރުން ނަގާ 30ރުފިޔާ ކަނޑާލެވޭނީ ފިނޭންސުން ނިންމުމުން.

big_rmkmjL23LsnLc7uwKQbzW4gVq.jpg

ފެނަކަ އެމްޑީ ، އަހުމަދު ސައީދު

ގޭގޭގެ ފެންމީޓަރުތަކުން މަހު ފީގެ ގޮތުގައި ނަގަމުން އަންނަ 30 ރުފިޔާ ނެގުން ހުއްޓާލެވޭނީ ފިނޭންސުން މިކަމާމެދު ގޮތެއް ނިންމުމުން ކަމަށް ފެނަކައިގެ އެމްޑީ. އަހުމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލަން ފެނަކައިގެ ބޯޑުން ނިންމާފައިވާކަން މިއަހަރުގެ ޖެނުއަރީގައި ސައީދު ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް އަދިވެސް އެ ފައިސާ އަންނަނީ ނަގަމުންނެވެ. އައިސްފައެއް ނުވެއެވެ.

މިކަމާގުޅިގެން ސުވާލު ދެންނެވުމުން ސައީދު ވިދާޅުވީ ގޭގެއަށް ލާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލުމަށް ފެނަކައިގެ ބޯޑުން ނިންމި ނިންމުން ފިނޭންސް މިނިސްޓްރީ އަށް އޮތީ ހުށަހަޅާފައި ކަމަށާއި އެކަން ކުރެވެން އޮތީ ފިނޭންސުން އެކަމާ މެދު ގޮތެއް ނިންމުމުން ކަމަށެވެ.

“މިއަދުވެސް ތަކުރާރުކޮށް މި ދަންނަވަނީ ފެނަކައިގެ މެނޭޖްމެންޓުން ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ކުރެވިފައި. ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވާނީ ހުށަހަޅާފައި 30 ރުފިޔާ ކެނޑުމަށްޓަކާ. އެކަމަކު އަދި ކަނޑާލި ކަމެއް ނުވަތަ ކެނޑޭނެ ވަކި ދުވަހެއް އަންގާފައެއް ނުވޭ. އެހާ ހިސާބަށް ދިޔުމުން އެކަން ހިއްސާކުރާނަން” ސައީދު ވިދާޅުވިއެވެ.

އަތޮޅުތެރޭގެ ބައެއް ރަށަރަށުގައި ސަރުކާރުން ގާއިމް ކޮށްފައި ހުންނަ ފެންޕްލާންޓްތައް ހިންގަނީ ފެނަކައިންނެވެ. އެގޮތުން އޭދަފުށީގައިވެސް ވަނީ މި ނިޒާމު ގާއިމް ކޮށްފައެވެ.

ފެނުގެ ޚިދުމަތް ނުހޯދިނަމަވެސް ފެން މީޓަރެއް ހުންނަނަމަ މި ޚިދުމަތަށް މަހަކު 30 ރުފިޔާ ނަގައެވެ. މިއީ ހަމަޖެހޭ އުސޫލެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ދަނީ މިކަމާ ފާޑު ކިޔަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top