ބ.އަތޮޅު 5 ރަށެއްގެ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަނީ

ޮޮޮޮ.jpg

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުން---

ބ.ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ހިތާދޫ އަދި ފެހެންދޫ ކައުންސިލު އިދާރާއަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އިން ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސީން) އިން އަނެއްކާވެސް އިއުލާން ކޮށްފި އެވެ.

ބ.އަތޮޅުގެ މި ފަސް ރަށް ހިމެނޭގޮތަށް ޖުމްލަ 42 ރަށުގެ ކައުންސިލުގެ އިދާރާތަކަށް އެސްޖީ އިން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެ މުއްދަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 އާ ހަމައަށެވެ.

ސީއެސްސީން ބުނީ އެ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާން ކޮށްފައި ވަނީ މިހާތަނަށް އެސްޖީން ނެތް ކައުންސިލުތަކަށާއި އެސްޖީން އިސްތިއުފާ ދީފައިވާ ކައުންސިލުތަކަށް ކަމަށެވެ.

މި މަގާމުގައި އެސްޖީން ދެ ރޭންކެއް ހިމެނެ އެވެ. ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100ރ. އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285ރ. އެވެ. އެސްޖީން އައްޔަން ކުރަނީ ފަސް އަހަރަށެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top