ފުޅަދޫ އާ އިންޖީނުގެ ހުޅުވައިފި

img_md_202306040145431685868343.8254.png

ބ.ފުޅަދޫ އާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައި ވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

އަލަށް އިމާރާތް ކުރި އާ އިންޖީނގެ އާއެކު މިހާރު ދިމާވާ ގިނަ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.

އާއިންޖީނުގެ ހުޅުވުމުގެ ކުރިން ފުޅަދޫގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުން ކުރީ 160، 128 އަދި 80 ކިލޯވޮޓުގެ 3 ޖަނަރޭޓަރު ބޭނުންކޮށްގެން ކަމަށްވިޔަސް އާ އިންޖީނުގެ ހުޅުވިގެން ދިޔައީ ކެޕޭސިޓީ އިތުރަށް ފުރިހަމަ ކުރުމަށްފަހު 250 ކިލޯވޮޓުގެ އާ އިންޖީނަކާ އެކު ކަމަށް ފެނަކަ އިން ބުނެއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީ ކޮށްފައިވާ މި އާ އިންޖީނުގޭގައި އިންޖީން ރޫމާއި، ޕެނަލް ރޫމްގެ އިތުރުން އޮފީސް ބައެއްވެސް ވަނީ ހަދާފައެވެ.

ބ. ފުޅަދޫއަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރަމުންދާ ރަށެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top