އަގުތައް ދެން ދާނީ ދަށަށް: އެމްއެމްއޭ

331640_3_95ac4e55916891ea82731a32f8714e76daa9c16b_large.jpg

މުދަލުގެ އަގުތައް މިއަހަރު ދަށަށް ދާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފި އެވެ.

އެމްއެމްއޭއިން ނެރޭ ކުއަޓާލީ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިންފްލޭޝަން އަހަރު ނިމޭ އިރު ހުންނާނީ 3.3 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ފަހުކޮޅު އެމްއެމްއޭއިން ލަފާކޮށްފައި ވަނީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން 5.4 ޕަސެންޓުގައި ހުންނާނެ ކަމަށެވެ.

އެމްއެމްއޭއިން އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންފްލޭޝަން ހުރީ 3.9 ޕަސަންޓްގައި ހުރި ނަމަވެސް، ބާކީ ހުރި ކުއާޓާތަކުގެ އިންފްލޭޝަން އަންނާނީ ދަށްވަމުންނެވެ. ސަބަބަކީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެ، އޭގެ ސަބަބުން، އެހެން ތަކެތީގެ އަގުތައް ދަށަށް ދިއުމެވެ.

އިންފްލޭޝަން މިއަހަރުގެ ފަހުކޮޅު ދަށަށް ދާނެ ކަމަށް ލަފާކުރި ނަމަވެސް ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުމުން މިދިޔަ އަހަރުގެ ފަހު ކުއާޓަރަށްވުރެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އަގުތައް އުފުލުނުކަން އެމްއެމްއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އެގޮތުން ކާބޯތަކެތީގެ އަގުތައް 7.8 ޕަސަންޓް އަދި ދަތުރުފަތުރުގެ އަގުތައް 8.6 ޕަސަންޓް އުފުލުނު ކަމަށް އެމްއެމްއޭއިން ވަނީ ބުނެފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top