އާސަންދައިގެ ޚަރަދު ކުޑަކުރަން ޕެކޭޖުތަކެއް ހަދަނީ

l_170176097531XGlm.jpeg

އާސަންދައިގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ - ފޮޓޯ/ މުހައްމަދު މާވީ

އާސަންދައިގެ ޚަރަދު ކުޑަކޮށް, ދެމެހެއްޓެނިވި ގޮތެއްގައި އެ ޚަރަދު ބެލެހެއްޓުމަށް ޚާއްސަ ޕެކޭޖުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ އާ ނުބައްދަލު ޚަރަދަކަށް އާސަންދަ ވެފައިވާއިރު އެއް އަހަރުން އަނެއް އަހަރަށް އާސަންދައިގެ ޚަރަދު ދަނީ އިތުރުވަމުންނެވެ. އޭގެ ތެރޭގައި އިސްރާފުވާ އަދި ކޮރަޕްޝަނަށް ހޭދަވާ ފައިސާ ހިމެނޭ ކަމަށް ތުހުމަތުތައް ކުރެވެއެވެ.

”ސަން“ އަށް ދެއްވި އިންޓަވިއުއެއްގައި ޒީނިޔާ ވިދާޅުވީ އެކަން ހުއްޓުވުމަށް ވިސްނުންތަކެއް ވިސްނާފައިވާ ކަމަށެވެ. އަދި ޚަރަދު ކުޑަކުރުމުގެ ގޮތުން އަގުތައް މުރާޖައާކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ ރާއްޖެއިން ބޭރަށް އާސަންދަ ސްކީމުން ކުރާ ޚަރަދުތައް ބޮޑު ވާހަކަ ކަމަށެވެ. ނަމަވެސް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ސްކީމުން އެންމެ ބޮޑު ޚަރަދެއް ކުރަނީ ރާއްޖޭގަ ފާމަސީތަކުން ބޭހަށް ކުރާ ޚަރަދާއި ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލުތަކުން އާސަންދަ ސްކީމަށް ކުރާ ޚަރަދުތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ކުރާނެ ފުރަތަމަ ކަމެއްގެ ގޮތުން ޒީނިޔާ ވިދާޅުވީ ބޮޑެތި ބަލިތަކަށް ނޫނީ ސާޖަރީތަކަށް ޕެކޭޖްތަކެއް ހެދުމެވެ.

“ޕެކޭޖްތައް ހެދިގެން އައީމަ އަޅުގަނޑުމެންނަށް އެނގޭނެ މިސާލަކަށް މިވެނި ސާޖަރީއަކަށް ދާނީ މިވެނި ވަރެއްގެ ޚަރަދެއްކަން. ޕެކޭޖު ހެދުމަކީ ދުނިޔޭގެ އެހެން ތަންތާގަ ވެސް ކުރާ ކަމެއް. ޕެކޭޖް ހަދާފަ ހުރޭ ޚަރަދު ރެޑިއުސް ކޮށް އެ ސަސްޓެއިން ކޮށްފަ،” ޒީނިޔާ ވިދާޅުވިއެވެ.

ޒީނިޔާ ވިދާޅުވީ އާސަންދައިން ދޭ ޚިދުމަތްތަކަށް ޕެކޭޖުތަކެއް ހެދުމުގެ މަސައްކަތް އެއީ ކުރަން ވިސްނާފައި އޮތް އެންމެ ބޮޑު އެއް ކަންތައް ކަމަށެވެ.

އާސަންދައިގެ ޚަރަދު ކުޑަކުރުމަށް ކުރެވިދާނެ އިތުރު ކަމެއްގެ ގޮތުން ޒީނިޔާ ފާހަގަކުރެއްވީ، ރާއްޖެއިން ބޭރުން ޚިދުމަތް ހޯދާއިރު އެއް ލެވެލެއްގެ ހޮސްޕިޓަލުތައް ގްރޭޑުކުރުމަށްފަހު އާސަންދަ ސްކީމްގެ ދަށުން އެ ޚަރަދުތައް ބެލެހެއްޓުމެވެ.

އެ މަސައްކަތް ވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށާއި އެކަންކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން ޒީނިޔާ ވަނީ އަރުވާފައެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފޮތުގައިވާ ގޮތުން، މިއަހަރު އާސަންދައަށް ކުރި ހޭދަ 2.3 ބިލިއަން ރުފިޔާ އަށް އަރާނެއެވެ. އެއީ ބަޖެޓު ކުރި އަދަދަށް ވުރެ 1.3 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އާސަންދަ އަށް ކުރި ހޭދަ ބޮޑުވުމުން ވަނީ، ސަޕްލިމެންޓްރީ ބަޖެޓުން ވެސް 1.2 ބިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. (މައުލޫމާތު:ސަން އޮންލައިން )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top