އޭދަފުށީގައި ޕަބްލިކްސަވިސްޔުނިޓެއް ގާއިމްކުރަނީ

housing.jpg

މިއަހަރު ނިމުމުގެ ކުރިން ޕަބްލިކްވޯކްސްސަރވިސް ޔުނިޓެއް އޭދަފުށިގައި ހުޅުވުމަށް ނިންމާފައިވާ ކަމުގައި ހައުސިން މިނިސްޓްރީން އިއުލާނު ކުރައްވައިފިއެވެ.

ހައުސިންމިނިސްޓްރީގެ ފަރާތުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އެމިނިސްޓްރީގެ ޕަބްލިކްވޯކްސް ސަރވިސްގެ ޑިރެކްޓަރޖެނެރަލް މުހައްމަދު އަފީފު ވިދާޅުވިގޮތުގައި މިއަހަރު ނިމުމުގެކުރިން އޭދަފުށީގައިޕަބްލިކް ސަރވިސް ޔުނިޓެއް ގާއިމްކުރާނެކަމަށާއި މިރަށުގެ އިތުރުން ފ.އަތޮޅާއި ރ. އަތޮޅުގައިވެސް ޔުނިޓް ގާއިމްކުރަން ހަމަޖެހިފައިވާކަމުގައެވެ.

އަފީފުވިދާޅުވީ އަތޮޅުތަކުގައި ޕަބްލިކް ސަރވިސްއާ ގުޅޭ ގިނަމަސައްކަތްތަކެއް ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިކުރެވިފައިވާ ކަމުގައާއި މިހާރުވެސް ރާއްޖޭގެއެކި ހިސާބުތަކުގައި ކުރަމުން ދާކަމުގައެވެ. އެމަސައްކަތްތައް ސީދާ ޕަބްލިކް ސަވިސްއިން ނުކޮށް ވިޔަފާރި އުސޫލުން ބަޔަކާ ހަވާލުކޮށްގެން ކުރިނަމަ ސަރުކާރުގެ ބަޖެޓުން ތިންސަތޭކައަށްވުރެ ގިނަރުފިރާ ޚަރަދުވާނެކަމުގައެވެ.

މި ނޫސްކޮންފަރެންސްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހަސަންރަޝީދު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް މުސްތަގްބަލުގައި ބޭނުންކުރާނީ އެސަރަހައްދުތަކުގައި ގާއިމްކުރާ ޔުނިޓްތަކުން ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top