މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ސަރުކާރުން ބުނެފި

ihusaan-minister-1.jpg

މިސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.

“އަޅުގަނޑުމެން ދިވެހި ސަރުކާރަކީ މިހާރު އޮތް ސަރުކާރަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަޅުގަނޑުމެން ވެސް ނިންމާފައި އޮތް ސަރުކާރެއް،” އިހްސާން ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އެންމެ ފާޅުގައި އިއުލާނު ކޮށް އެކަމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގައެވެ. ނަމަވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެކަމަށް ބުނެފައި ވީނަމަވެސް ފަހުގެ ތާރީޚެއްގައި ރާއްޖޭގައި މަރުގެ އަދަބު ދީފައިނުވެއެވެ. މަރުގެ ހުކުމް ކޮށްފައިވާ ހަތަރު މީހުން މިހާރު ވެސް އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top