ކުރިއަށްއޮތް 24 ގަޑިއިރުވެސް މޫސުން ވަރަށްގޯސް

l_144545409440kHsi.jpg

ކުރިއަށް އޮރް 24 ގަޑިއިރުވެސް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން އާއްމުކޮށްފައިވާ މޫސުމާ ބެހޭ ރިޕޯޓުގައި ވާގޮތުން ކުރިޔަށް އޮތް 24 ގަޑިއިރުގެތެރޭގައި އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރުގެ އަތޮޅުތަކަށެވެ. ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގާ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އެގޮތުން އިއްޔެ ހެނދުނު 8:00 ން މިއަދު ހެންދުނު 8:00 އަށް ހދ. ހަނިމާދޫއަށް 52 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ދަރަވަންދޫއަށް 127 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު 50 މޭލުގެ ބާރު މިނުގައި ވައި ޖެހިފައިވާ ކަމަސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މެޓް އޮފީހުން ލަފާ ކުރާގޮތުގައި ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭވެސް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ އެވެ. އެހެންކަމަުން މޫސުމަށް ސަމާލުވުމަށާއި ކަނޑު ދަތުރު ކުރުމުގައިވެސް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top