ބޭނުންވާ ވަރަށް ސްކޫލްތަކުގައި ކައުންސެލަރުން ނެތް: މިނިސްޓަރު

Shafeeu.jpg

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ބުލީގެ މައްސަލަތައް ހައްލުކުރަން ބޭނުންވާ ވަރަށް ރާއްޖޭގެ ސްކޫލްތަކުގައި ކައުންސިލަރުން ނެތްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަފީޢު ވިދާޅުވީ ބުލީގެ މައްސަލަތައް ހައްލު ކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ސްކޫލްތަކުގައި އެކަހަލަ ކުދިންނަށް ފަރުވާ ދިނުމަށް ކައުންސިލަރުން ނެތުން ކަމުގައެވެ. އޭނާ ވިދާޅުވީ، ސަރުކާރުގެ ސްކޫލުތަކުގެ އަދަދު 225 ގައި އުޅޭއިރު، ކައުންސިލަރުން ތިބީ 51 ސްކޫލްގައި ކަމަށެވެ.

އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް ކައުންސިލަރުން ތަމްރީނު ކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“މިމައްސަލައަށް ހައްލު ހޯދުމަށް ޓީޗަރުން ތަމްރީނު ކުރުމުގެ ޚާއްސަ ޕްރޮގްރާމުގެ ތެރެއިން ސެން ޓީޗަރުން ކައުންސިލަރުން އަދި ރާއްޖެއަށް ބޭނުން ވެފައިވާ ގިނަ އަދަދެއް ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު މި ދަނީ ވިލަރެސްކުރަމުން،” މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީގު ވިދާޅުވީ އެކަށީގެންވާ ވަރަށް “ސްކޫލް ކައުންސެލަރުން” ތަމްރީނުކުރެވި ސްކޫލްތަކުގައި ހަރަކާތްތެރިވާން ފެށުމުން މިހާރު ކުރިމަތިވެފައިވާ ބުލީކުރުން ފަދަ މައްސަލަތަކަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް އެކި ސްކޫލުތަކުން ބުލީކުރުމުގެ 26 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top