ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެ ފުޅަދޫ ކަރަންޓީނަށް

DSCN4480.jpg

ބ.ފުޅަދޫ --އީވީ ފައިލް ފޮޓޯ

ބ.ފުޅަދޫ ހޯމްކަރަންޓިނުގައި ތިބި ދެމީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް ކަރަންޓީނުގެ ހާލަތަށް އަތުވެއްޖެ އެވެ.

ފުޅަދޫ ސިއްހީ މަރުކަޒުން ބުނީ އެރަށު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާތީ ހުރިހާ ރައްޔިތުން އެކަމަށް ސަމާލުވާން އެދޭ ކަމަށާ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ކަމަށެވެ.

ފުޅަދޫން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ދޮންފަނުގައި ވެސް ކޮވިޑް ޖެހިފައިވާ މީހަކު އެބަ ހުއްޓެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ރާއްޖޭގެ 16 ރަށެއްގައި ކޮވިޑް ޖެހިފައި 21 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،000 އަށް އަރަން ގާތްވެފައިވާއިރު، އިއްޔެވެސް 39 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި އަތޮޅުތަކުން ހަތް މީހަކު ހިމެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top