އޭދަފުށީ މެޖިސްޓްރޭޓްކޯޓުން ފަތުހުﷲގެ މައްޗަށް ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި

DSC_0796.jpg

އޭދަފުށީ ކޯޓް . ފޮޓޯ : އީޓީ

ބ.އޭދަފުށީ ކޯޓުން 2014ވަނަ އަހަރު އޭދަފުށީ މުޝްތަރީގޭ ފަތުހުﷲ ، ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގައިފިކަން ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި 14 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ހައިކޯޓުން ބާތިލް ކޮށްފިއެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ، މައްސަލަ ބެއްލެވުމަށް ފަހު ތިން ފަނޑިޔާރުންގެ އިއްތިފާގުން  މި ހުކުމް ބާތިލުކަމަށް ކަނޑައެޅި ހުކުމްގައިވަނީ  ” އޭދަފުށީ ކޯޓުން އޭދަފުށީ މުޝްތަރީގޭ ފަތުހުﷲ އަބްދުﷲގެ މައްޗަށް ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގައިފިކަން ޝަރީއަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި ، އެކުށުގެ އުގޫބާތެއްގެ ގޮތުން ، ފަތުހުﷲ 14 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރައްވާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ތިން ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާތީ  އެގަޟިއްޔާގައި ކުރައްވާފައިވާ ހުކުމް ބާތިލުކޮށް އެގޮތުގެ މަތީން ހުކުމްކޮށްފި ” ކަމުގައެވެ.

އޭދަފުށީ ކޯޓުން ފަތުހުﷲ 14އަހަރަށް ޖަލަށް ލުމަށް ހުކުމްހުރުމާއި ގުޅިގެން އިއްޔެއާހަމައަށް އޭނާ ގެންދިޔައީ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ޖަލުގައި ދުވަސްތައް ހޭދަކުރަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top