ގުނޫތު ކިޔުން ހުއްޓާލަން އަންގައިފި

big_7VbQp61revbD3T3DAc9WmSHsg.jpg

ފަލަސްތީންގެ ރައްޔިތުންނަށް ނަސްރާއި ކާމިޔާބު ދެއްވުން އެދި ރާއްޖޭގެ މިސްކިތްތަކުގައި ކިޔަމުން އަންނަ ގުނޫތު ނާޒިލާ މިއަދުން ފެށިގެން ކިޔުން ހުއްޓައިލަން އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

މިނިސްޓްރީން ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނީ ގުނޫތު ކިޔުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައި ވަނީ މިއަދުގެ މަޣްރިބް ނަމާދުން ފެށިގެން ކަމަށެވެ.

ހުރިހާ ނަމާދެއްގައި ގުނޫތު ކިޔަން އިސްލާމިކް މިނިސްޓްރީން އެންގީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ގައެވެ. އެއީ އެ މަހުގެ 7 ގައި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަން ފެށި ލާއިންސާނީ ގަތުމު އާންމާ ގުޅިގެންނެވެ. ހުރިހާ ނަމާދު ތަކެއްގައި ގުނޫތު ކިޔަން އެންގުމަށް ފަހު، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު މިނިސްޓްރީން ވަނީ ހަމައެކަނި ބާރަށް ކިޔަވާ ނަމާދުތަކުގައި އެކަނި ގުނޫތު ކިޔަން އަންގައިފަ އެވެ.

އޮކްޓޯބަރު 7 އިން ފެށިގެން އިޒްރޭލުން ހުއްޓާލުމެއް ނެތި ހިންގަމުންދާ ގަތުލު އާންމުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު މިހާރު 27،000 އާ ގާތްކުރެ އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top