އޯލެވެލް އިމްތިހާނުން ބ.އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނީ ކޮންކަހަލަ ރިޕޯޓެއް؟

2-baa-atoll-education-centre.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ޓީޗަރުންނާއި ދަރިވަރުން

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ފާޅުކުރުމާއި ގަދަ 10ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ވަނީ ބާއްވާފައެވެ. ރައީސުލް ޖުމްހޫރިއްޔާ ޝަރަފްވެރި ކޮށްްދެއްވި މި ޚާއްސަ ރަސްމިއްޔާތުގައި  ފާހަގަކޮށްލެވުނު އެންމެ މުހިއްމުކަމަކީ އަހަރުން އަހަރަށް ތައުލީމީ ރޮނގުން  ރާއްޖެ ހޯދަމުން އަންނަ ކާމިޔާބު އިތުރުވަމުން އަންނަ ކަމުގައެވެ. އޭގެ ސާފު ހެއްކަކީ 2015ވަނަ އަހަރު އޯލެވެލް އިމްތިހާނުން ދުނިޔޭގެ ގަދަ 10 ގައި ރާއްޖޭގެ 40 ދަރިވަރަކު ހިމެނިފައިވާއިރު މިއީ ކުރީ 2014 ވަނަ އަހަރަށް ވުރެ 15 ދަރިވަރުން ގިނައަދަދެެް ކަމުގައި ވުމެވެ. އެ އަހަރު ޖީސީއޯ އޯލްވެލް އިމްތިހާނުން ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނިފައި ވަނީ 25 ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި، 5011 ދަރިވަރަކު ބައިވެރިވެފައި ވާއިރު، ފަސް މާއްދާއިން ފާސްވި ދަރިވަރުންގެ ނިސްބަތަކީ 55.7 ޕަސެންޓު ކަމަށެވެ. އެއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު 3.7 އިންސައްތައިގެ ކުރިއެރުމެއް ކަމުގައެވެ.

ތައުލީމުގެ މިހަލުވި ދުވެލީގައި ރާއްޖެ ދަތުރުކުރަމުން ދާއިރު ތައުލީމު ދިނުމުގައި 40 އަހަރު ހަމަވާން ކައިރިވެފައިވާ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހިއްސާ މި ދާއިރާގައި ކުޑައެއް ނުވާނެއެވެ. އެހެންކަމާއެކު  ބ.އަތޮޅު ތައުލީމީ މަރުކަޒު ރާއްޖޭގެ ތައުލީމުގައި ހިއްސާކުރަނީ ކިހާ ވަރެެއްތޯ އާއި ހޯދަމުންގެންދާ ކުރިއެރުން ބަލައިލަން ބޭނުންވާ ގިނަ ބަޔަކު ތިބޭނެ އެވެ . ޚާއްސަކޮށް އެތަނުން ކިޔަވަމުންގެންދާ ގިނަ އަދަދެއްގެ ބެލެނި ވެރިންނެވެ.  އެ މަދަރުސާ ހޯދަމުން އަންނަ ކާމިޔާބުތަކާއި ނާކާމިޔާބުތައް ދިރާސާ ކުރަމުން ގެންދާ ފަރާތްތަކެވެ. އަދި މިއިން އެއްވެސް ގިންތިއެއްގައި ނުހިމެނޭ އޭދަފުށީގެ ރައްޔިތުންނެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނީ 2014 ވަނަ އަހަރަށްވުރެ 2015 ވަނަ އަހަރުގެ ނަތީޖާ ރަނގަޅު ކަމުގައެވެ. އެއީ 2015 ވަނަ އަހަރު ގަދަ 10ގައި ހިމެނިފައިވަނީ އެސްކޫލްގެ 11 ކުދިންކަމަށް ވާއިރު 2015 ވަނަ އަހަރު ގަދަ ދިހައެއްގައި 15 ކުދިން  ހިމެނިފައިވެއެވެ. އެއީ ގަދަ 10ގެ ދެވަނައިގާ 4 ކުއްޖަކާއި ތިންވަނައިގާ އެއް ކުއްޖަކު ހަތަރުވަނައިގާ ދެ ކުދިން އަދި ފަސްވަނައިގާ އެއްކުއްޖަކާއި ހަވަނައިގާ ދެކުދިން އަދި ނުވަވަނައާއި ދިހަވަނައިގާ އެއްކުއްޖެކެވެ. މީގެ އިތުރުން މިއަހަރުވަނީ އަލަށް ތައާރަފްކުރި  ސްކޫލް ޕްރޮގްރެސް އެވޯޑްވެސް ހާސިލް ކޮށްްފައެވެ.

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ އުއްމީދުތައް މިހާރު ހުރީ މި ހިނގާ އަހަރަކީ ސްކޫލްއަށް ފަހި އަހަރަކަށް ހެދުމަށެވެ. ޓީޗަރުންނާ ސްކޫލް ހިންގަން ތިއްބެވި ވެރިންނާ ބެލެނިވެރިންތިއްބެވީ އެގޮތުގައިކަމަށް ވާނަމަ މި އަމާޒަށް ވާސިލުވުމަކީ އުނދަގޫ ކަމަކަށް ނުވާނެކަމަށް ސްކޫލުން ބުނެއެވެ.

ސްކޫލުން ބުނީ ސްކޫލްގެ ކުރިއެރުމަށް މާކްސްދޭނީ ކާމިޔާބުތައް ހިސާބުކުރުމަށްފަހު ބެލެނިވެރިންކަމުގައެވެ.ސްކޫލަކީ ބެލެނިވެރިންގެ ދަރިވަރުކަމަށް ބަލައިގެން ރިޕޯޓް ތައްޔާރުކުރައްވާށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top