ބ. އަތޮޅަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ

347798_3_908b8b82dc75e5424387fa3af8d2d47136861a0a_large.jpeg

ބ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުން---: ފޮޓޯ: ބ. އަތޮޅު ހޮސްޕިޓަލް

ބ. އަތޮޅަށް ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ބ.އަތޮޅު ހޮސްޕިޓަލަށް 14 ޑޮކްޓަރުންނާއި ބ. އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރަން 38 ނަރުހުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ހޯދަނީ ދިވެހިންނެވެ.

އެ އިއުލާނުގައިވާ ގޮތުން 14 ޑޮކްޓަރުން މަސައްކަތް ކުރަން ޖެހޭނީ އަތޮޅު ހޮސްޕިޓަލުގަ އެވެ. ނަރުހުން ހޯދަނީ އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރާށެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން، 26 މެޑިކަލް އޮފިސަރުންނާއި 10 ލެބޯޓަރީ ޓެކްނީޝަނުން އަދި ދެ ރޭޑިއޯގްރާފުން ހޯދަން ވެސް އިއުލާން ކޮށްފައިވެ އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 7 ގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top