ސީޖީއެމްގެ ޓީމަަށް އޭދަފުށިން ދެންނެވީ ވަރަށް ހޫނު މަރްހަބާއެއް

މަިނ.jpg

ދުނިޔޭގެ ޝެފުންގެ ދުވަސް މިއަހަރު އޭދަފުށީގައި ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ޕްރޮގްރާމް ތައް ކުރިއަށް ގެންދިއުމަށް ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) ގެ ޓީމް މިއަދު އޭދަފުށްޓަށް އައުމާއެކު އޭދަފުށިން ހޫނު މަރްހަބާ އެއް ކިޔައިފިއެވެ. ޓީމްގެ އެންމެ އިސް ބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ ސީޖީއެމްގެ ރައީސާ މަރިޔަމް ނޫރުއްދީން އެވެ.

ޓީމަށް މަރްހަބާ ކިއުމަށް ބ.އަތޮޅު ކައުންސިލްގެ ރައީސް މަބްރޫކް ނަސީރު އާއި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު ރަފީއު އާއި އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ގެ އިތުރުން ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ފާލަންކައިރިއަށް ޖަމާވެފައި ތިއްބެވެ.

ޓީމް އޭދަފުށްޓަށް ފޭބުމާއެކު ޓީމްގައި ހިމެނޭ ކޮންމެ މެންބަރަކަށް ވަނީ މަލުގެ ގުލްދަސްތާއަކުން ވެދުން ކޮށްފައެވެ.

ޝެފުންގެ ދުވަހުގެ މިއަހަރުގެ ޝިއާރުކަމުގައިވާ “ހެލްދީ ހީރޯ ” ގެ ދަށުން އޭދަފުށީގައި  ކުރިއަށް ހަރަކާތްތައް ފެށޭނީ މާދަމާ އެވެ.

އެގޮތުން މާދަމާ ހަވީރު އޮތީ  ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1 ން 5 އާ ދެމެދު ކުދިންގެ މެދުގައި ބާއްވާ ބޮޑު ހަރަކާތެވެ.

ބ.އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކަލިނަރީ ޗެލެންޖް އޮތީ މިމަހުގެ 28ވަނަ ދުވަހުގެ ރެއެވެ.

މިމުބާރާތާ ބެހޭ މައުލޫމާތު އީވީއާ ހިއްސާކުރައްވަމުން ސީޖީއެމްގެ ރައީސާ މަރިޔަމް ނޫރުއްދީން ވިދާޅުވީ މި އިވެންޓްގެ އެންމެ ބޮޑު ބޭނުމަކީ އެކި އަތޮޅުތަކުގައި ކައްކައިއުޅޭ ތަފާތު ބާވަތްތަކުގެ ތަފާތު ރަހަތައް ތައާރަފްކުރުމާއެކު ގިނަބަޔަކަށް މިކަން ހިއްސާކުރުން ކަމުގައެވެ.

މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަ ލިބޭ ފަރާތްތަކަށް ތައްޓާއި މެޑަލް ދިނުމަށް ހަމަޖެހިފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top