އޭދަފުށީގައި ވައްކަމުގެ ހާދިސާއެއް ހިނގައިފި

cashbases_nano_1.jpg

ކޭޝްޑްރޯވަރއެއް

ުް
ރޭ އޭދަފުށީ ކާށިދޫގެއިން ވައްކަން ކޮށްފިއެވެ.

ރޭގަނޑު 8:30 އެހާކަށް ހާއިރު މި ވައްކަން ކޮށްފައިވަނީ އެގޭގެ އެލްމެނިއަމް މަސައްކަތް ކުރާބަޔަށް ވަގުވަދެ އެބައިގާ ހުންނަ ކޮމްޕިއުޓަރާ ގުޅާފައިވާ ކޭޝްޑްރޯވަރ ވަގަށްނަގައިގެންނެވެ.

މިވައްކަމާ ބެހޭ މައުލޫމާތު ދެމުން ނަން ނުޖެހުމަށް އެދި އެގޭގެ މީހަކުބުނީ އޭނާއަށް އެންމެ ފުރަތަމަ މިކަމުގެ މައުލޫމާތު ދިނީ ރޭ 8:15 އެހާކަށްހާއިރު ރައްޓެއްސަކު ފޯނުން ގުޅާފައި ކަމުގައެވެ.
“އެ ރައްޓެހި މީހާ ބުނަނީ ތިގެއިން ސީޕީޔޫއެއް ނަގައިގެން  ކުއޖަކު އެބަ ދާކަމަގައި. އެހެންނަމަވެސް އެއީ ސީޕީޔޫއަކަށް ވާތީ އެއްގޮތަކަށްވެސް ކޭޝްޑްރޯވަރ ކަމެއް ހީއެއްނުކުރަން. އެކަމަކު ގެއަށް ގޮސް ބެލިބެލުމުން ވަގަށް ނަގާފައިވަނީ ކޭޝްޑްރޯވަރކަން އެނގުނީ. އެހިސާބުން ކުރިން އަޅުގަނޑާ ގުޅި ރައްޓެހިމީހާ އައީ އެވައްކަންކުރި ކުއްޖާ ގޮވައިގެން. “ވައްކަމާބެހޭ ތަފްސީލު ދެމުން ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނީ ކޭޝްޑްރޯވަރ ވަގަށްނަގައިގެންގޮސް ހަވާލުކޮށްފައިވަނީ އެހެން މީހަކާކަމުގައެވެ.

މިމައްސަލަ ހަމައެވަގުތު ޕޮލިހަށް އެންގުމުން އެކަމުގައި ބައިވެރިވާ ދެމީހުންވެސް މިހާރުވީ  ޕޮލިހުންގެ ބެލުމުގެ ދަށުގައި ކަމަށް މައުލޫމާތު ލިބިފައިވާކަމުގައި އޭނާ ބުންޏެވެ.

ވަގަށް ނެގި ކޭޝްޑްރޯވަރ އަދި ލިބިފައިނުވާކަމާއި އޭގައި ހުންނާނީ ކިހާފައިސާއެއްކަމެއް ސީދާބުނަން ނޭގޭކަމަށް  އޭނާ އީވީއަށް މައުލޫމާތު ދެމުން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top