ވޯޓު ދިނުމަށް ހުރަސް އަޅާނަމަ ޖަލަށް ދާން ޖެހިދާނެ!

111-1.jpg

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އޭަދަފުށި

ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސް އެޅުމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއްކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހަނދާން ކޮށްދީފިއެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު މި މަހުގެ ނުވަނަ ދުވަހު ބާއްވާފައިވާއިރު، އެއްވެސް ކެންޑިޑޭޓަކަށް %50 އަށްވުރެ މައްޗަށް ވޯޓު ލިބިފައި ނުވުމުން، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މި މަހުގެ 30 ވަނަ ދުވަހު ބާއްވާއިރު، އެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް މީހަކު ވޯޓު ދިނުމަށް ދަތި ކުުރުމާއި، ނުވަތަ ވޯޓު ދިނުމަށް އެއްވެސް މީހަކަށް ހުރަސް އެޅުމަކީ އިންތިހާބާއި ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މަނާ ކަމެއް ކަމަށެވެ.

އަދި އެކަމުގެ އަދަބަކީ 4 މަހާއި، އެއް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ، 4،000ރ އާއި 12،000ރ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުން ކަަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވި ގޮތުގައި އެކަންކަމުގެ އިތުރުން ގާނޫނީ ގޮތުން ހުއްދަ ވޯޓު ކަރުދާސް ނޫން އެހެން އެއްވެސް އެއްޗެއް ވޯޓުފޮއްޓަށް ލުމަކީ މަނާ ކަމެކެވެ. އެހެންވެ، އެ ކުށުގެ އަދަބަކަށް ދެ މަހާއި ހަ މަސް ދުވަހަށް ޖަލަށްލުން ނުވަތަ، 2،000 ރުފިޔާއާއި 6،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގަވާއިދުގައި ބުނެފައިވަނީ ވަކި ގޮތަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ އެއްވެސް ފަރާތަކަށް އެއްވެސް ގޮތަކުން މަޖުބޫރު ކުރުވައި އަދި ބިރުދެއްކުމުގެ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން ވަކި މީހަކަށް ވޯޓު ލުމަށް ނުވަތަ ވޯޓު ނުލުމަށް ބުނެ ރިޝްވަތުގެ ގޮތުން އެއްވެސް މީހަކަށް ފައިސާ ނުވަތަ ހަދިޔާ ދީ ހަދައިގެން ނުވާނެ ކަމަށާއި އަދި މާލީގޮތުން ނުވަތަ މާއްދީގޮތުން ފައިދާއެއް ވެދާނެ ފަދަ އެއްވެސް ކަމެއް ކޮށްދީގެން އަދި ކޮށްދިނުމަށް ހުށަހަޅައިގެން ނުވާނެ ކަމަށް ވެސް އެގަވާއިދުގައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top