ގޯތި ދިނުން ލަސްވާތީ ބައެއް ރަށްރަށުގައި މުޒާހަރާ ކުރަނީ

IMG_20230924_112644_207.jpg

ތިނަދޫ ކައުންސިލު ކުރިމަތީގައި ރައްޔިތުންގެ ތެރެއިން ބަޔަކު މުޒާހަރާގައި

ގޯތިދިނުން ލަސްވާތި ރައްޔިތުންގެ ތެރއިނ ްބަޔަކު ނުކުމެ ގދ.ތިނަދޫ ސިޓީ ކައުންސިލު ކުރިމަތީގައި އަދި އެއަތޮޅު ގާދޫ ގައި  މުޒާހަރާކޮށްފިއެވެ.

ތިނަދޫ ކައުންސިލު ކުރިމަތީގައި މުޒާހަރާކުރި މީހުންގެ ޑިމާންޑަކީ ވީހައި އަވަހަކަށް ގޯތި ދޫކުރުމެވެ. އެމީހުން ބުނަނީ ތިނަދޫން ގޯތި ދޫނުކުރާތާ މިހާރު 12 އަހަރު ވެއްޖެ ކަމަށާއި ބިމުގައި ޖާގަ އޮވެމެ ގޯތި ދޫނުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިކަމާ ގުޅިގެން ތިނަދޫ ކައުންސިލުގެ ރައީސް ސައުދު ވިދާޅުވީ ގޯތި ދިނުމުގެ ކަންކަން އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް ގޯތި ދިނުން ލަސްވާ ސަބަބެއް ވިދާޅެއް ނުވެއެވެ.

ގޯތި ދޫކުރުން ލަސް ވެގެން މުޒާހަރާ ކުރި އަނެއް ރަށަކީ ލ.ގަމެވެ. ރައްޔިތުންގެ ޝަކުވާއަކީ ރަށުގެ ރައްޔިތުންނަށް ގޯތި ނުލިބި އަސާސީ ހައްގުތަކުން މަހުރޫމު ވުމެވެ.

”ތަބަކަކަށް ލައިފައި ގޯތި ދޭނެ ކަމަށް ތިބުން ނިމުނީ“ މި ނަމުގައި މިއަދު ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ގަމު ކައުންސިލު އިދާރާގެ ތެރޭގައި އަޑުއުފުލައިފައެވެ.

ގަމުން ގޯތި ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގަމުގެ މުހިންމު ސަރަހައްދުތަކުން މާލޭގެ އެތައް ބަޔަކަށް ދޫކޮށްފައިވާ ގޯތި ތަކެއްގެ މައްސަލައެވެ. އެ ގޯތިތަކުގެ ވެރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ އެތައް ތަނަކުން ބިމާއި ފުލެޓް ހޯދާފައިވާ އެތައް ބަޔަކު ހިމެނެއެވެ. ގަމު ރައްޔިތުން ދެކޭ ގޮތުގައި އޭރު ސަރުކާރުން ގެންގުޅުނު ސިޔާސަތު މިހާރު ބަދަލުވެފައިވާތީ އެ ފަރާތްތަކަށް އެ ބިންތައް ދޫކޮށްފައި ބާއްވަންޖެހޭ ގާނޫނީ ސަބަބެއް ނެތެވެ.

ރައްޔިތުންގެ އެއް ޑިމާންޑަކީ އެ މީހުން ހައްގުން މަހުރޫމުވެފައިވާ މައްސަލަ ނިމުމަކަށް ގެނެސްދިނުމުގެ ގޮތުން އެ ގޯތިތައް އެ ފަރާތްތަކުން އަތުލުމަށް މައްސަލަ ކައުންސިލުގެ ކުއްލި ބައްދަލުވުމަކަށް އެޖެންޑާކޮށް ވީހާވެސް ގިނަ ރައްޔިތުންނަށް ފެންނާނެހެން ލައިވްކުރެވޭ ބައްދަލުވުމެއްގައި އެ ބިންތަކާމެދު ގޮތެއް ނިންމައި ރަށުގެ ރައްޔިތުންނަށް އެ ބިންތައް ދޫކުރުން އަވަސްކުރުމެވެ.

މުޒާހަރާ ކުރި މީހުންނާ ވާހަކަ ދައްކަވަމުން ގަމު ކައުންސިލުގެ ރައީސް އަޙްމަދު ޒަކީ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ގޯތި ދޫކުރަން ހުށަހެޅީ އެކަން ކުރެވިދާނެކަމަށް ގަބޫލު ކުރައްވާތީ ކަމަށާއި މި މަހުގެ ތިންވަނަ ދުވަހު ހުއްދައަށް އެދި ހުށަހެޅި ނަމަވެސް ޖަވާބެއް ލިބިފައިނުވާ ކަމުގައެވެ.

އޭދަފުށީ ކައުންސިލު އެބަ އަޑުއަހަން ހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top