ފުރަތަމަ ބުރުގައި މަސައްކަތްކުރި އޮފިޝަލުންގެ އެލަވަންސް މިހަފްތާގައި ޖަމާވާނެ: އީސީ

DSCN3195-scaled.jpg

ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން އޭދަފުށީގައި ---އީވީ ފައިލް ފޮޓޯ

ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރުގައި މަސައްކަތް ކުރި އޮފިޝަލުންގެ އެލަވަންސް މި ހަފުތާ ތެރޭ ޖަމާ ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފުތާގެ ތެރޭގައި ޖަމާވާނެ ކަމަށެވެ.

މީގެ އިތުރުން އަތޮޅު ތެރޭގައި މަސައްކަތްކުރި މީހުންގެ އެލަވަންސް ދިނުމަށް ކުރާ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 5600 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވިއެވެ.

ދެވަނަ ބުރުގެ މަސައްކަތްތަކަށް އިތުރު 200 އޮފިޝަލުން ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 282،395އަށް އަރާއިރު، އޭގެ ފަހުން 18 އަހަރު ފުރުނު 408 މީހުން އިތުރު ކުރުމުން މިހާރު އެ އަދަދު ވަނީ 282،803 އަށް އަރާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top