އޮރެންޖް އެލާޓްގެ ވަގުތު ދިގުކޮށްފި

DSCN9363.jpg

މޫސުން ގޯސް ދުވަހެއް--އީވީ ފޮޓޯ

މޫސުން ގޯސްވެ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާއި ނެރެފައިވާ އޮރެންޖް އެލާޓްގެ ވަގުތު ތިންވަނަ ފަހަރަށް ދިގު ކޮށްލައިފިއެވެ.

މެޓް އޮފީހުން މި އެލާޓް މިހާރު ނެރެފައިވަނީ ހަމައަށް މިރޭ 22:15 އާ ހަމައަށެވެ.

އެގޮތުން މި ވަގުތުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 60 މޭލަށް ވައިގަދުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި ކަނޑުތައް ގަދަވެ، ރާޅު އެރުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް ލަފާކޮށްފައިވެއެވެ.

އޮރެންޖު އެލާޓް ނެރެނީ އެއް ގަޑިއިރު ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައި ޖެހުމުންނެވެ. އަދި އާދަޔާ ހިލާފަށް ބާރަށް ގުގުރުން ނުވަތަ ގުގުރާފާނެ ކަމަށް ލަފާކުރުމުގެ އިތުރުން ވައި ޖެހޭ މިންވަރު 34 މޭލާ 42 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭނަމަ ވެސް އޮރެންޖް އެލާޓް ނެރެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top