ޕީޕީއެމް އޭދަފުށީގޮފީގެފަރާތުން އިންތިޒާމުކޮށްގެން މިމަހުގެ 15ގައި ފެށުމަށް ހަމަޖެހުނު ބަށިމުބާރާތް ، ނަންބަދަލުކުރުމަށްފަހު “އޭދަފުށި ދާއިރާގެ އެމްޕީކަޕް2015 ” މިއަދު އޭދަފުށީގައި ފަށައިފިއެވެ.
މި މުބާރާތުގައި މިއަދު ދެ މެޗްކުޅެވުނެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރީ ދަނާލު ބަށިޓީމާއި ޖީނައިން ކަންމަތީ ޓިމެވެ. މިމެޗްކާމިޔާބުކުރީ ދަނާލު ބަށިޓީމެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ފްރެންޑްސް އާއި އެމްއޭ ޔުނައިޓެޑްއެވެ. މި މެޗް އެންމެ ލަނޑެއްގެ ތަފާތުން ކާމިޔާބުކުރީ އެމްއޭ ޔުނައިޓެޑެވެ.
މާދަމާވެސް މި މުބާރާތުގެ ދެމެޗް އޮންނާނެކަމަށާ ފައިނަލް މެޗްއޮންނާނީ ހުކުރުދުވަހުކަމަށް މުބާރާތް އިންތިޒާމްކުރި ޓީމްގެ އިސް މެންބަރެއްކަމުގައިވާ އަބްދުލްވާހިދު ވިދާޅުވިއެވެ.
ހަތަރުޓީމް ބައިވެރިވެފައިވާ މިމުބާރާތުގެ އެއްވަން ޓީމަށް 10000 ރުފިޔާ އަދި ދެވަނަޓީމަށް 5000 ރުފިޔާ ކަނަޑައަޅާފައިވާކަމަށް ވާހިދު ވިދާޅުވިއެވެ.