ގޭތެރެސާފުކުރުމަށް ގައިޑްލައިނެއް ގެންގުޅެމާ!

House-Cleaning.jpg

 

އަމިއްލަ ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެ މީހަކުވެސް ވަރަށް ފަރުވާތެރިވެއެވެ. ލައި އުޅޭ ހެދުމުން ފެށިގެން ރީތިވުމަށް ބޭނުންކުރާ ކޮސްމެޓިކްސް ހޯދުމަށްވެސް ފުދޭވަރަކަށް ހަރަދު ކުރެއެވެ. ހަމަ މިގޮތަށް އެމީހަކު ދިރިއުޅޭ ގޭގެ މާހައުލު ރީތިކަމާސާފުކަމުގައި ބާއްވަންޖެހެއެވެ. ހަގީގީ ރީތިކަމަކީ އެއީދޯއެވެ.

ގޭތެރޭގެ އެކި ބައިތައް ވަކިވަކިން ސާފުކުރުމަށް ވަކިޝެޑިއުލެއް ގެންގުޅެމާ ހިނގާށެވެ. އޭރުން ގޭތެރޭގައި ހިމެނޭ ހުރިހާ ތަނެއް ކާގެއާ ބަދިގެ އަދި ކޮޓަރިތަކާ ސިޓިންގރޫމް ހުންނާނީ ހަށިގަނޑެކޭ އެއްފަދައިން ފުރިހަމަ ސިއްހަތުގައެވެ. ހަނދާންކުރަންޖެހެނީ ފްލޫއާއި ހިރަފުހުންޖެހޭ ބަލިތަކާ މިނޫނަސް އެތައްބައްޔެއް ގޭތެރޭގެ ސާފުތާހިރުކަން ކުޑަވުމުން ޖެހޭކަމުގައެވެ.

މި ދަންނަވަނީ ގޭތެރެސާފުކުރުމަށް ސިއްހީ މާހިރުންކަނޑައަޅާފައިވާ ގައިޑްލައިންއެކެވެ.

ލިވިންގރޫމް/ސިޓިންގރޫމް
ކާޕެޓް : މަދުވެގެން އަހަރަކު އެއްފަހަރު ދޮންނަންވާނެއެވެ. އަދި ހަފްތާއަކުއެއްފަހަރު ވެކިއުމް ކްލީނަރަކުން ސާފުކުރަންވާނެއެވެ.
ސީލިންގފަންކާ : މަހަކު އެއްފަހަރު ނުވަތަ މަދުވެގެން ތިންމަހުން އެއްމަހު ސާފުކުރުން.
ކުޑަދޮރާއި ދޮރުފޮތި ؛ ކޮންމެ މަހަކު އެއްފަހަރު ފޮހެ ސާފުކުރުން. އަހަރަކު އެއްފަހަރު ދޮރުފޮތި ބަދަލުކުރުން.
ވިންޑޯސްކްރީން : އަހަރަކު އެއްފަހަރު ދޮވެސާފުކުރުން.
ފާރުތައް؛ މަހަކު އެއްފަހަރު ސާފުކުރުން.

ބަދިގެ

އައިސްއަލަމާރި : އައިސްއަލަމާރީގައި ހުރި ހުރިހާއެއްޗެއް އުކާލާފައި ކޮންމެ ތިންމަހަކުން އެއްފަހަރު ދޮވެސާފުކުރުން .
އަވަން: ކޮންމެ ހަމަކުން އެއްފަހަރު އެތެރެއާއެއްކޮށް ދޮވެ ސާފުކުރުން
ސިންކު : ކޮންމެ ދުވަހަކުވެސް އެއްފަހަރު ޑްރެއިން އާއެކު ސާފުކުރުން .

ފާހާނާ

ހަފްތާއަކު އެއްފަހަރު މުޅި ފާހާނާ އެއްކޮށް ސާފުކުރުން.
ޝަވަރހެޑް: ހަލާކުނުވާނަމަ ރޫޅާލައިގެން އެތެރެއާއެކު އަހަރަކު އެއްފަހަރު ދޮވެ ސާފުކުރުން .
ބާތުމެޓް: މަދުވެގެން ކޮންމެ ދެ ހަފްތާއަކުން އެއްފަހަރު ދޮވެ ސާފުކުރުން.
ބާތުތުވާލި : ހަފްތާއަކު އެއްފަހަރު ދޮވެސާފުކުރުން .

ކޮޓަރި 

ބެޑްޝީޓް : ހަފްތާއަކު އެއްފަހަރު ބަދަލުކުރުން.
ގޮދަޑި : ކޮންމެ ހަމަހުން އެއްފަހައު ދޮވެ ސާފުކުރުން. ނުވަތަ އަތްވަށް ލައިގެން ސާފުކުރުން.

ބާލީސް؛ ކޮންމެ ހަމަހަކުން އެއްފަހަރު ދޮވެ ސާފުކުރުން.
ރަޖާ : ކޮންމެ ހަމަހަކުން އެއްފަހަރު ސާފުކުރުން.

ފާރުތައް : މަހަކު އެއްފަހަރު ސާފުކުރުން.

މި ގައިޑްލައިން އާއެއްގޮތަށް ގޭތެރެ ސާފުކުރާނަމަ އެގެއަކީ ސިއްހީގޮތުން ފުރިހަމަވެފައިވާ ގެއަކަށް ވާނެކަމަށް ހެލްތު ޑައިޖެސްޓްގައި ލިޔެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top