މާސްޓަރޝެފް އޭދަފުށި

ދާދިފަހުން މާލޭގައި ބޭއްވި ފުޑްއެންޑްހޮސްޕިޓަލިޓީ އޭޝިއާމޯލްޑިވްސް އިންޓަރނޭޝަނަލްއެންޑް އެގްޒަބިޝަން އިން އެއްވަނަހޯދައިގެން އުފަންރަށް އޭދަފުއްޓަށްއައުމުން ރައްޔިތުން ސޮބާއަށް މަރުހަބާ ކިޔަނީ. .

ދާދިފަހުން މާލޭގައި ބޭއްވި ފުޑްއެންޑްހޮސްޕިޓަލިޓީ އޭޝިއާމޯލްޑިވްސް އިންޓަރނޭޝަނަލްއެންޑް އެގްޒަބިޝަން އިން އެއްވަނަހޯދައިގެން އުފަންރަށް އޭދަފުއްޓަށްއައުމުން ރައްޔިތުން ސޮބާއަށް މަރުހަބާ ކިޔަނީ. .

އެޑިޓަރުގެ ނޯޓް: މިއީ ކިއުންތެރިއަކު “އޭދަފުށި މީހާ” މިނޫހުގައި ޝާއިއުކޮށްދިނުމަށްއެދި މެއިލްކޮށްފައިވާ ލިއުމެކެވެ.)

މިއުޅެނީ ސޮބާ (އަބްދުﷲ ސޮބާހު ބިންހިމަގެ.އޭދަފުށި) ގެ ވާހަކަދައްކަންކަމަށް ހީކޮށްފާނެއެވެ. ނޫނެކެވެ. އެކަމަކު މިޚިޔާލުއައީ ސޮބާގެ ކާމިޔާބާގުޅިގެންނެވެ.

އޭދަފުށީގައި ކެއްކުމާބެހޭ މުބާރާތެއް ބޭއްވުން ނުވަތަ ކޯހެއް ހިންގުން ކިހިނެއްވާނެބާއެވެ؟ މުބާރާތުގެ ނަމަކަށް މާސްޓަރޝެފް އޭދަފުށި ނުވަތަ މާސްޓަރޝެފްބ. އެޓޯލްކިއިދާނެއެވެ. އެހެންނަމެއްވެސް ކިއިދާނެއެވެ. މުހިއްމުވެގެން މިއުޅެނީ ނަމެއްނޫނެވެ. ކަމެވެ. މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ. ކުޑަކޮށް ހިންގަން ބޭނުންނަމަ ރަށު ފެންވަރުގައެވެ.

ސޮބާއެހެރީ މިކަހަލަ ކަމެއް ކޮށްދޭ ހިތުން އެކަމަށް އެދިއެދިއެވެ. އެކަން އޭނާގެ ވާހަކައިން އެގުނެވެ.
“އަހަރެން އަމިއްލައަށް އިސްނަގައިގެން އަތޮޅުފެންވަރުގައި ކެއްކުމާބެހޭ ކޯހެއް ނުވަތަ މުބާރާތެއް ބޭއްވުމާބެހޭގޮތުން އަތޮޅު ކައުންސިލްގެ ބައެއް މެންބަރުންނާ އޭގެތެރޭގައި ރައީސްވެސް ހިމެނޭގޮތަށް ވާހަކަ ދައްކައިފިން. ތިޔައީ ރަގަޅުކަމެކޭވެސް ރައީސް ވިދާޅުވި. އެކަމަކު ދެން އެހިސާބުން އެނިމުނީ. ” މީ ސޮބާގެ ވާހަކައެވެ.

ސުވާލު އުފެދެނީ މިހާ ހިސާބުންނެވެ. ނިމެންވީ ކީއްވެގެންހެއްޔެވެ. އަތޮޅު ކައުންސިލުން މިކަމަށް އަމަލީ ސިފައެއް ގެނައުުމަށް މަސައްކަތްނުކުރެވެންވީ ކީއްވެގެން ހެއްޔެވެ؟ ދެން އެހެންވިއްޔާ އަތޮޅު ކައުންސިލްގެ ދައުރަކީ ކޮބައިބާއެވެ. އެމީހުންނަށް މި އަތޮޅުގެ ތަރައްގީއަށް ކޮށްދެވުނީ ކޮން ކަމެއްބާއެވެ. މިކަހަލަ އަގުބޮޑު ފުރުސަތެއް ލިބުމުން ބޮލާލާ ޖެހުމަކީ ނުވަތަ ޒިންމާދާރުގޮތެއްކަމަކަށް ނުބެލެވޭނެއެވެ. ގަބޫލުކުރެވެނީ ކުރިން ބުނިހެން ކަމެއް ނުވެ ނަމެއްގައި ތިބެން ބޭނުންވުމެވެ. ނުވަތަ އަތޮޅަށް ކަމެއްކޮށްދޭން ބޭނުންނުވާކަމެވެ. އެކަމަކު އަތޮޅުކައުންސިލްގެ މަގާމުގައި ރައްޔިތުންގެ ފައިސާއިން މުސާރަނަންގަވައިގެން ތިބޭ އިރު މިވަރުގެ ކަމެއް ކޮށްނުދެވުނުކަމަށްވަންޏާ އަތޮޅު ކައުންސިލެއް އޮންނަންޖެހޭ ހެއްޔެވެ. ބޭނުމަކީ ކޮބާހެއްޔެވެ. އަހަރަކު އެއްފަހަރު ބަށިމުބާރާތެއް ބޭއްވުން ހެއްޔެވެ؟

ސޮބާ ބުނާގޮތުން އޭނާ އަދިވެސްހުރީ އޭނާދަސްކޮށްފައިވާ އިލްމު، އަތޮޅަށާއި ރަށަށް ފޯރުކޮށްދެވޭނެ ފުރުސަތަކަށް ބަލަބަލައެވެ. މި ފުރުސަތުގެ ބޭނުން ނުހިފާކަމަށްވާނަމަ ދެން އޭނާއަށްވެސް ޖެހޭނީ މިކަންކުރަން ޝައުގުވެރިކަންހުރި ބަޔަކާ ދިމާލަށްދާށެވެ. އޭނާއަށް ކޮންމެދުވަހަކުވެސް ރާއްޖޭގެ އެތަންމިތަނުން ކެއްކުމާބެހޭކޯހެއް ހިންގައިދިނުމަށް އެދެމުންދާކަމަށް އޭނާ ބުންޏެވެ.

ދެން އޯކޭއެވެ. އަތޮޅު ކައުންސިލް މިކަމާ އަޅައެއްނުލިއެވެ. އެހެންވީމާ އޭދަފުށީ ކައުންސިލް އިސްނަގައިގެން މި ކަން ކުރިއަށް ގެންދިއުން ރަނގަޅެއްނުވާނެހެއްޔެވެ. ހަމަގައިމުވެސް ގިނަ ބަޔަކު ތިބީ ކެއްކުމާ ބެހޭ ކޯހެއް ފަށާނެ ވަގުތަކަށް ބަލަބަލައެވެ. އެހެންވީމާ މިކަމަށް ބޮޑުތަރުހީބެއް ލިބޭނެއެވެ. ވަރަށް ބޮޑުކަމެއް އަދިހަމަ އެހާމެ ބޭނުންތެރިކަމެއްވެސް ކޮށްދެވުނީއެވެ. މިހެން މިދެންނެވީ މީގެ ކުރިން ކޭކު އަޅަން ދަސްކޮށްދޭ ކޯހަކާ އަދި މިނޫނަސް ކެއްކުމާބެހޭ އެހެންކޯސްތައްވެސް މިރަށުގައި ބޭއްވިފައިވަނީ އެކޯހުގައި ބައިވެރިވުމަށް ބޮޑުއަގެއް ދައްކައިގެންނެވެ. އެއާޚިލާފަށް ހިލޭބައިވެރިވެވޭ ކަމަކަށްވާއިރު ތަރުހީބު ނުލިބޭނެކަމަށް ގަބޫލެއް ނުކުރެވެއެވެ.

ސޮބާވެސް ފާހަގަކުރިފަދައިން މުބާރާތް ބާއްވާނެތަނަކާމެދު ވިސްނާނަމަ މަލްޓިޕާޕާސް ހޯލަކީވެސް މިކަމަށް އޮތް ހައްލެކެވެ. އެނގި ފާޅުވާން އޮތްކަމަކީ ސޮބާގެ ކާމިޔާބީއަށް މަރުހަބާ ކިޔުމަށް އެންމެފުރަތަމަ އިސްނެގީ އޭދަފުށި ކައުންސިލުންކަމެވެ. ކާމިޔާބީއަށް އަމަލީގޮތުން މަރުހަބާ ކިޔަންވެސް ހަމަ އެގޮތަށް އިސްނަންގަވާނެނަމަ ހާދަހާރަނގަޅޭ ހިތަށް އަރައެވެ. އޭގެ މާނައަކީ ސޮބާއާ ބައިވެރިވެގެން ރައްޔިތުންގެ ތެރެއިން ކެއްކުމަށް ޝައުގުހުރި މީހުންނަށް ފުރުސަތު ހުޅުވާލުމެވެ.

އަދި އެހެން ގޮތެއްވެސް އެބައޮތެވެ. ކެއްކުމާ ބެހޭ ކޯހެއް ސޮބާ ލައްވާ ހިންގުވަންވީއެވެ. ދެން ކޯސް ނިމިގެން ބައިވެރިންގެ މެދުގައި މުބާރާތެއް ބާއްވައިގެން “މާސްޓަރޝެފްއޭދަފުށި” ހޮވާނީއެވެ. އެއްވަނައަށްް އަންނަފަރާތަކަށް ބޮޑެތި އިނާމުވެސް ހުށަހަޅައިގެންނެވެ. މުބާރާތް ސްޕޮންސަރ ކުރާނެ މީހުން ވާނެއެވެ. ކާމިޔާބު ބޮޑު ޕްރޮޖެކްޓެއް އޭރުން ކައުންސިލަށްވެސް ރައްޔިތުންނަށްޓަކައި ހިންގައިދެވުނީއެވެ. އަހަރެމެންގެ ކާގެތަކުގެ ސުފުރާމަތީގައި ރިޕީޓްވަމުންދާ ހައެއްކަ ރަހައިގެ ބަދަލުގައި އާ މީރުރަހަތަކެއްވެސް ތައާރަފް ކޮށްދެވުނީއެވެ.

މި ޚިޔާލު ކިހިނެއްހެއްޔެވެ؟

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top