މިއަދަކީ ބޮޑުދުވަހެއް

B.-Eydhafushi-Bashi.jpg

އެމްޕީކަޕް2015 ބަށި މުބާރާތުގައި މިއަދަކީ ބޮޑުދުވަހެކެވެ. މުބާރާތުގެ ފައިނަލްމެޗް އޮންނަދުވަހެވެ. ބައްދަލުކުރަނީ ފްރެންޑްސްއާއި އެމްއޭ ޔުނައިޓެޑް އެވެ. ކޮންމެ ނަމެއްކިޔައިގެން ޓީމް ނުކުތަސް ތާރީހަށް ބަލާއިރު ނުވަތަ ކުޅުންތެރިންނަށްބަލާއިރު މިދެ ޓީމް މީގެ ކުރިން ބައްދަލުކޮށްފައިވާ މެޗްތަކަކީ އާދައިގެ މެޗްތަކެއްނޫނެވެ. އެއަށްވުރެ މާ ފޯރިގަދަ މެޗްތަކެކެވެ. ކުޅުންތެރިންނާއެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ސަޕޯޓަރުންގެ ލޭގެ ހޫނުކަންވެސްް ނިކަން ރީއްޗަށް ފެނިފައިވާ މެޗްތަކެކެވެ.

އުންމީދުކުރަނީ ފްރެންޑްސްގެ ފަރީމެންގެ އަޖާއިބެއްފަދަ މޮޅުކުޅުމާ އެމްއޭޔުނައިޓެޑްގެ ޖުނޭއާ ޔުމްނާމެންގެ ހުނަރާއެއްވަރަށް އެހެެންކުޅުންތެރިންގެ ހިތްވަރާއެކުރީތި ގޭމެއް ފެނިގެންދާނެކަމުގައެވެ.

މިދެ ޓީމް މުބާރާތުގެ ފައިނަލަށްއައީ ޖީނައިން ކަންމަތީޓީމް އަދި ދަނާލުބަށިޓީމާ ބައްދަލުކޮށް މޮޅުވެގެންނެވެ.

މި މުބާރާތަކީ މިނިވަން 50ގެ އުފަލުގައި އޭދަފުށީދާއިރާގެ އެމްޕީ އަހްމަދުސަލީމްގެ އިސްނެންގެވުމާއެކު އަންހެނުންގެ ހަރަކާތްތެރިކަން މުޖްތަމައުގައި އިތުރުކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ. އަދި ރަނަރއަޕް ޓީމަށް 5000ރ. ހުށަހެޅިފައިވާއިރު ބަށިރާނީއަށްވެސް އިނާމު ކަނޑައަޅާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top