
ސައިނޯސާއާއި ވެލާސިޓީ ބައްދަލުކުރި މެޗް، މެޗްނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި. ފޮޓޯ: އީޓީ/ސައިނޯސާރާއި
އޭދަފުށީގައި މިހާރު ކުޅެވެމުންދާ “ރައީސްޔާމީން2018” ފުޓްބޯޅަ ޗެލެންޖްގައި މިއަދު ކުޅުނު ފުރަތަމަމެޗް ސޮނޭވާގެ އިބްރާހީމް މާޖިދުގެ ހަމައެކަނި ލަނޑާއެކު 1-0 އިން ސޮނޭވާފުށި ރިސޯޓް މޮޅުވެއްޖެއެވެ. މި މެޗްގައި ސޮނޭވާ އާދެކޮޅަށް ނުކުތީ ގްރޫޕް އޭގައި ހިމެނޭ އެންޖޯއީ ފްރެންޑްސްއެވެ.
މިއަދު ކުޅުނު ދެވަނަ މެޗްގައި ވެލާސިޓީއާ ސައިނޯސާ ބައްދަލުކޮށްގެން މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަަނޑެއްނުޖެހި ދެޓީމް އެއްވަރުވެގެންނެވެ.
މުބާރާތުގައި މާދަމާވެސް ދެމެޗްކުޅޭގޮތަށް ހަމަޖެހިފައިވެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓީމް ސޮނޭވާއާއި ސަންސެޓް ސްޕޯޓްސްއެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އެމްއޭ ޔުނައިޓެޑްއާއި އެންޖޯއި ފްރެންޑްސްއެވެ.