ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ބިރު ނުދެއްކުމަށް އެމް ޕީ. ސަލީމް ގޮވާލައްވައިފި.

thumbs_b_c_af037ca3e497d4dfa187b5f7d3bd0a88.jpg

ރާއްޖޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުން ބިރު ދައްކަމުންދާ ކަމުގެ ތުހުމަތު ކުރައްވައި އެކަން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމް ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.

މިކަމާ ގުޅިގެން މިއަދު އެމްޕީ ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް -19 އާ ގުޅިގެން ރައްޔިތުންނަށް މާބޮޑަށް ބިރު ނުދެއްކުމަށް ހުރިހާ ފަރާތަކަށް ގޮވާލާ ކަމަށެވެ. މިގޮތަށް ކަންތައް ހިނގާނަމަ ކޮވިޑް 19 އިން ސަލާމަތް ވާއިރަށް ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ނަފްސާނީ ގޮތުން ބަލިވުމުގެ ފުރުސަތު ބޮޑުކަމަށާ މިއީ މާ ނުރައްކާތެރި ކަމެއްކަމަށާއި މިފަދަ ވަގުތު ރައްޔިތުންނަށް ދޭންވީ ހިތްވަރު ކަމަށް ސަލީމްގެ ޓްވީޓުގައި ފާހަގަ ކުރައްވައެވެ.

އޭނާ މިހެން ވިދާޅުވީ، ކޮވިޑާ ގުޅިގެން، ސަރުކާރުން ކޮންމެ ރެއަކު ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ކޮވިޑްގެ ހާލަތު ބަޔާން ކޮށްދެމުން ޕެނަލިސްޓުން ދައްކަވާ ވާހަކަތަކަށް އަމާޒު ކޮށްގެން ކަމަށް ބެލެވެއެވެ. އެހެންނަމަވެސް ޓުވީޓުގައި އޭނާ ވިދާޅުވެފައިވާ ވާހަކަތައް ވަކި ފަރާތަކަށް ނިސްބަތްކުރައްވާފައެއް ނުވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކޮވިޑް ޓާސްކްފޯހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕެނަލިސްޓުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ހަފްތާގައި ރާއްޖޭގައި ބަލިޖެހޭ މީހުންގެ ނިސްބަތް އިންތިހާއަށް މައްޗަށް ގޮސް މޭއި 30 އަދި 31 ގައި ކޮންމެ ދުވަހަކު 1600 މީހުން ބަލިވެދާނެ ކަމަށެވެ.

ޑރ. ޝީނާ ހައްދަވާފައިވާ އަންދާޒާއިން ފެންނަ ގޮތުން އަންދާޒާ ކުރެވޭ ޕީކް ދުވަސްތަކުގައި ނުވަތަ ދުވަހުގައި މަދުވެގެން 34 މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭނެ ކަމަށާއި، 12 މީހަކު އައިސޫޔޫއަށް ލާން ޖެހޭނެއެވެ. އަދި ޕީކް 14 ދުވަހަށް ދެމިގެން ގޮސްފިނަމަ، 6804 މީހަކު ބަލިވާނެ ކަމަށާއި، 281 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭނެ ކަމަށެވެ. އަދި 14 ދުވަސް ތެރޭ 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހޭނެ ކަމަށްވެސް ޑރ. ޝީނާގެ އަންދާޒާއިން ދައްކައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top