ފިތުރު އީދު ނަމާދުވެސް ގޭގައި ކުރުމަށް އަންގަވައިފި .

DSCN0527-800x600-800x600-1.jpg

ޝައިޚް އަބްދުލް މަޖީދު ، އޭދަފުށީގައި މިދިޔަ ބޮޑުއީދު ނަމާދު ބޮޑު ޖަމާއަތުގައި އިމާމްވެ ކުރައްވަނީ --އީވީ ފައިލް ފޮޓޯ

ކޮރޯނާގެ ސަބަބުން މިސްކިތުގެ ޖަމާއަތުގައި ނަމާދު ކުރުން މަނާ ކޮށްފައިވަނި ކޮށް މި އަހަރުގެ ފިތުރު އީދު ނަމާދުވެސް ގޭގައި ކުރޔމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އީދު ނަމާދުގެ ބޮޑު ޖަމާއަތް ގާއިމު ކުރުމަކީ ވަރަށް މަތިވެރި ޝިއާރަކަށްވި ނަމަވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އާލަމީ ވަބާ އިން ރައްކާތެރިވުމަށް ގެއިން ބޭރަށް ނުކުމެ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާވެ، މިސްކިތްތަކުގެ ޖަމާއަތް ހުއްޓާލެވި ގޭގައި މަޑު ކުރަން ޖެހިފައިވާ ކަމަށެވެ.

މިފަދަ ޝަރުއީ އުޒުރެއްގެ ސަބަބުން އީދު ނަމާދުގެ އާންމު ބޮޑު ޖަމާއަތް ގާއިމް ނުކުރެވޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީ ގޮތުން ގޭގައި ތިބެ އެ ޝިއާރު ގާއިމު ކުރުން ޝަރުއުވެގެންވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މިކަމަށް އިޝާރާތް ކޮށް އެބަޔާނުގައި ބުނެފައިވަނީ ޝަރުއީ އުޒުރެއްގެ ސަބަބުން އީދުގެ ބޮޑު ޖަމާއަތް ފާއިތުވެއްޖެ ނަމަ، އަނަސްގެފާނު ގޭގައި އަހުލުންނާ އެކު ޖަމާއަތުގައި ގޭގައި ނަމާދު ކުރައްވާ ކަމަށް ސައްހަ ރިވާޔަތްތަކުން ވާރިލުވެ އައިސްފައިވާ ކަމަށެވެ.

މިފަދަ ހާލަތްތަކުގައި އީދު ނަމާދު ކުރާނީ މައިދާނުގައި ނުވަތަ މިސްކިތްތަކުގައި ނަމާދު ކުރާ ގޮތަށް ކަމާއި ނަމަވެސް އީދު ނަމާދުގެ ޚުތުބާއަކީ ހާކިމްގެ އަމުރަށް ބޮޑު ޖަމާއަތުގައި ކިޔުމަށް އޮންނަ ސުންނަތެއް ކަމުން ގޭގައި އީދު ނަމާދު ކުރާ އިރު، ހުތުބާ ދިނުމާއި ގަމަތް ދިނުމެއްވެސް ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުހެދުނަސް، ގޭގައި އީދު ނަމާދު ކުރުމަށާއި ގިނަ ގިނައިން ތަކްބީރު ކިއުމަށާއި ދުއާކޮށް، ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރިކަމާ އެކު ގޭގެ އަހުލުންނާ އެކު އީދު އުފާ ފާޅު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނަސޭހަތްތެރިވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top